ނޫސްވެރިކަމުގެ ކޯހެއް ހިލޭސާބަހަށް ހިންގައިދޭނަން – ޝަހީބް — Ihavandhoo.com

ނޫސްވެރިކަމުގެ ކޯހެއް ހިލޭސާބަހަށް ހިންގައިދޭނަން – ޝަހީބް

26 ޑިސެމްބަރު 2016 0

މޯލްޑިވެސް ބްރޮޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހަންމަދު ޝަހީބް --- ފޮޓޯ:އިހަވަންދޫ.ކޮމް

އިހަވަންދޫ ދާއިރާގެ ހުރިހާ ރަށްތަކެއް ހިމެނޭގޮތަށް، ޒުވާނުންނަށް އާމާޒްކޮށް ނޫސްވެރިކަމުގެ ކޯހެއް ހިލޭ ހިންގަވައިދެއްވާނެކަމަށް، މޯލްޑިވެސް ބްރޮޑްކާސްޓިންގް ކޮމިޝަނުގެ ރައީސް  މުހަންމަދު ޝަހީބް ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ 10ވަނަ މައިކަޕްގެ ފައިނަލް މެޗް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝަހީބް ވިދާޅުވީ އެބޭފުޅާ މިރަށުގެ (އިހަވަންދޫގެ) ބައެއް ޒުވާނުންނާއި ވާހަކަދައްވައިލެއްވުމުން އަދި މިރަށަކީ ދިވެހި ބަހުގެ އަދަބިއްޔާތަށް ވަރަށް ފުންނާބުއުސް ބޭފުޅުންކޮޅެއް އުޅުއްވާ ރަށަކަށްވެފައި، ޒުވާނުންވެސް އެކިދާއިރާތަކަށް ޝައުގުވެރިވާތީ، އެބޭފުޅާއަށް ނޫސްވެރިކަމުގައި ލިބިލައްވާފައިވާ ތަޖްރިބާގެ އަލީގައި ދާއިރާގެ ހުރިހާ ރަށްތަކެއް ހިމެނޭގޮތަށް، ޒުވާނުންނަށް އަމާޒްކޮށްގެން ނޫސްވެރިކަމުގެ ކޯހެއް ހިލޭސާބަހަށް ހިންގަވައި ދެއްވާނެ ކަމުގައެވެ. ޝަހީބް އިތުރަށް ވިދާޅުވީ އެމްޕީ މުހައްމަދު އަބުދުﷲ އަށް އެވާހަކަ ދަންނަވާފައިވާ ކަމަށާއި، އެމްޕީ އެކަން ހަމަޖައްސަވައި ދެއްވުމުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމުގައެވެ.

މައިކަޕްގެ ފައިނަލްމެޗް ބައްލަވައިލެއްވުމަށް ޝަހީބް އިހަވަންދޫއަށް ދުރުވީ، އިހަވަންދޫ ދާއިރާގެ އެމްޕީ މުހަންމަދު އަބުދުﷲގެ ދައުވަތަކަށެވެ.

މައިކަޕް 2016, މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ