ޕީޕީއެމް ބޮޑު ޖަލްސާ މިރޭ — Ihavandhoo.com

ޕީޕީއެމް ބޮޑު ޖަލްސާ މިރޭ

26 އޭޕުރީލު 2018 0

"އަހުން ވެސް ރައީސް ޔާމީން އާއި އެކު" ގެ ނަމުގައި ޕީޕީއެމްއިން ބާއްވާ ބޮޑު ޖަލްސާ މިރޭ 20:30  އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބާއްވަން ނިންމާފިއެވެ. މިއީ ކުރިން 20 އޭޕްރީލްގައި ބާއްވަން ނިންމި ޖަލްސާއެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިޖަލްސާ ގައި ޕީޕީއެމް ލީޑަރޝިޕްގެ އިސްބައެއް ބޭފުޅުން ވެސް ބައިވެރިވާނެކަން އިއުލާންކޮށްފައިވާއިރު މިޖަލްސާއަކީ ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަ ކުރުމަށް ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާއަށް ތައްޔާރުވުމަށް އިހަވަންދޫ ބަނދަރުސަރަހައްދުދަނީ ޒީނަތްތެރިކުރަމުންނެވެ.

ޕީޕީއެމްއިން އިހަވަންދޫގައި ބޮޑުޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު، އިހަވަންދޫގެ ހުރިހާ ކައުންސިލަރުން ވަނީ 3 މަހަށް ސަސްޕެންޑް ކޮށްފައެވެ.

ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ