ފަލަސްތީނަށް ވަޑައިގަންނަވާ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަކަށް މޯދީ

28 ޖެނުއަރީ 2018 0

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފަލަސްތީނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މޯދީ ފަލަސްތީނަށް ވަޑަގަންނަވަން ހަމަޖެހިފައިވަނީ އެމަނިކުފާނު މެދުއިރުމައްޗަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެދަތުރުފުޅުގައި ފަލަސްތީނުގެ އިތުރުން، އެކުވެރި އަރަބިއިމާރާތާއި އޯމާނަށްވެސް މޯދީ ވަޑައިގަންނަވާނެއެވެ.

ރޭވިފައިވާ ގޮތަށް މިދަތުރުގެ ކަންކަން ގޮސްފިނަމަ މޯދި ވެވަޑައިގަންނަވާނީ ފަލަސްތީނަށް ވަޑައިގަންނަވާ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަށެވެ. މިއަހަރު ޖުލައިމަހު މޯދީ ވަނީ އިޒްރޭލަށް ވަޑައިގެންފައެވެ. އެއާއި އެކު މޯދީ ވެފައިވަނީ އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަށެވެ. އިޒްރޭލަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިން ފަލަސްތީނަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާ އާއްމުކޮށް ބައްދަލު ކުރެއްވި ނަމަވެސް މޯދީގެ އެދަތުރުފުޅުގައި ފަލަސްތީނަށް ވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން އެފަހަރު ފަލަސްތީނުންވަނީ އެކަމާއި ވަރަށްބޮޑަށް ހިންހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކާފައެވެ.

މޯދީގެ ސަރުކާރާއިއެކު އިންޑިޔާ އިޒްރާއިލްގެ ގުޅުން މީންދުވަހަކު ނުވާވަރަށް ބަދަހިވެފައިވީނަމަވެސް، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިނުގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމަވާފައިވާތީ އިޒްރާއިލުންވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މޯދީ ފަލަސްތީނަށް ވަޑައިގެންފިނަމަ އިޒްރާއިލްގެ ރުޅިވެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ