ފުއްޕާމޭގެ އެއްފަޅި ނެތްކަން އެނގުނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އައުމުން — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ފުއްޕާމޭގެ އެއްފަޅި ނެތްކަން އެނގުނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އައުމުން

13 ޖޫން 2015 0

އިރުމަތީ ޗައިނާގެ ހެންގްޒޯ ޒުހެޖާންގް ޕުރޮވިންސްގެ އުމުރުން 32 އަހަރުގެ ޔޫ ހެންގް، ސަރ ރަން ރަން ޝޯ ހޮސްޕިޓަލް ސުކޫލު އޮފް މެޑިސިން އަށް ޑޮކްޓަރަށް ދެއްކުމަށް އައީ ވަރަށް ބޮޑަށް ރޯގާ ޖެހުމުގެ ސަބަބުން ނެވެ. މޭގެ އެކްސްރޭ އަކަށް ފަހު، ފުއްޕާމޭގެ އެއްފަޅި ނެތްކަން އެނގުމުން ޔޫ ހެންގް އަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ.

ޔޫ ހެންގްގެ ފުއްޕާމޭގެ ވައަތް ފަޅި ހަލާކު ވެފައި ވަނީ މީގެ 20 އަހަރު ކުރިން އޭނާގެ ސުކޫލު ދުވަސްވަރު ދިރުވާލެވުނު ގަލަމު ދޯރި އަކުންކަން ވަނީ އެނގިފައެވެ. ޔޫ ހެންގްގެ އެކްސްރޭ އާއި އެކު ޑަކުޓަރުން ފުރަތަމަ ހީކުރީ އޭނާގެ ފުއްޕާމޭގައި ޓިއުމަރެއް އުފެދިފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަންގައި  ފުއްޕާމޭގެ ވައަތް ފަޅިން ފެނިފައިވަނީ ޕުލާސްޓިކް ގަލަމު ދޯރިއެއްކަމަށް ޑަކުޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯރޓު ކުރެއެވެ. ޔޫ ހެންގް ގެ މެއިން ގަލަމު ދޯރި ކާމިޔާބު ކަމާއި އެކު ނެގިފައިވީނަމަވެސް ވައަތު ފުއްޕާމޭ އެއްކޮށް ކުރުޖެހި، މަސައްކަތް ނުކުރާ ވަރަށް ވަނީ ހަލާކުވެފައެވެ.

ގަލަމު ދޯރިއާގުޅޭގޮތުން ސުވާލު ކުރުމުން ޔޫ ހެންގް ވަނީ އޭނާ ޕުރައިމަރީ ގުރޭޑްގައި ކިޔަވަން އުޅުނު އިރު ފިލާވަޅު ހަދަން އިންދާ ގަލަމު ދޯރި ދިރުވާލެވާކަން ކިޔާދީފައެވެ. އެދެވަހުން ފެށިގެން އޭނާ ޑަކުޓަރަށް ނުދައްކާ ހުރީ ބައެއްފަހަރު ނޭވާލާން އުނދަގޫވިޔަސް އެކަމުގެ ސަބަބުން އެހާބޮޑެތި އުނދަގުލެއް ކުރިމަތިނުވާތީ ކަމަށް އޭނާ ބުނެއެވެ. ޔޫ ހެންގް ބުނީ މިހުރިހާ ދުވަހެއް ވީއިރުވެސް އޭނާއަށް މޭގާ ރިއްސުމާއި ނޭވާ ކުރުވުންފަދަ އެއްވެސް ކަމެއް ކުރިމަތި ނުވާ ކަމަށެވެ.

ޔޫ ހެންގް އަށް ފަރުވާކުރި އެތެރެ ހަށީގެ ޑޮކްޓަރު ޑރ. ޗެން އެންގޫ ބުނެފައި ވަނީ ޑޮކްޓަރުންގެ ޓީމަށް ފެނުނީ ގަލަމު ދޯރިވަށައިގެން މަސްއަރެމުގެ ސަބަބުން ޔޫ ހެންގް ގެ ވައަތު ފުއްޕާމޭގެ ވައިނޮޅި އެއްކޮށް ބެދިފައިވަނިކޮށް ކަމަށެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ