ފޮޓޯއިން: އެމެރިކާއަށް ވަގަށް އެތެރެވުން

23 ޖުލައި 2016 0

އުފާވެރި ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައި އެތައް ސަތޭކަ ބަޔަކު ކޮންމެދުވަހަކުވެސް އެމެރިކާއަށް ހިޖުރަކުރެއެވެ. އެމެރިކާގައި ދިރިއުޅުމާއި މަސައްކަތްކުރުމަށް ވިސާދިނުމުގައި ކަނޑައަޅާފައި އޮންނަ ހަރުކަށި މިންގަނޑުތަކުގެ ސަބަބުން ޤަވާއިދާއި އެއްގޮތަށް އެމެރިކާއަށް އެތެރެވުމުގެ ނަސީބު ލިބިގެންދަނީ އެކަމަށްއެދޭ މީހުންގެ ތެރެއިން ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށެވެ.

އެފުރުސަތު ނުލިބޭ ބައެއްމީހުންވެސް އުއްމީދު ގެއްލުވައެއްނުލައެވެ. އެމެރިކާއަށް ވަގަށް އެތެރެވެވޭނެ ކޮޅުކޮޅު ހޯދައެވެ. އެގޮތުން އެންމެ ގިނަ މީހުން މަސައްކަތްކުރަނީ މެކްސިކޯއާއި އެމެރިކާއާއި ގުޅުވައިދޭ ބޯޑަރު ހުރަސްކުރެވެނޭ މަގެއް ހޯދުމަށެވެ. އެއީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއްބޯޑަރެވެ. ކޮންމެ އަހަރަކު ޤަވާއިދާއިހިލާފަށް އެބޯޑަރު ހުރަސްކުރުމުގެ ތެރޭގައި އެތައްސަތޭކަ ބަޔަކު މަރުވެއެވެ. އަދި އެތައްބަޔަކު ހައްޔަރުވެސް ކުރެވެއެވެ.

އެމެރިކާގެ ރިޔާސީ ރޭހަށް ނުކުންނަވާފައިވާ ޑޮނަލްޑް ޓްރަމްފް އެބޭފުޅާއަށް ވެރިކަން ލިބިއްޖެނަމަ އެމެރިކާއާއި މެކްސިކޯގުޅޭ ބޯޑަރުގައި ރީތި ބޮޑު މަގެއް ރާނާނެކަމަށް ވަނީ ވައުދުވެލައްވާފައެވެ.

ތިރީގައިމިވަނީ އެމެރިކާއާއި މެކްސިކޯގުޅޭ ބޯޑަރު ހުރަސްކޮށް އެމެރިކާއަށް ވަގަށް އެތެރެވުމަށް ބައެއްމީހުން ކޮށްފައިވާ އާދަޔާއި ހިލާފު ކަންކަމެވެ.

* * * * * * * * * * * * * *

މިއީ 2006 ވަނައަހަރު ހިނގި ކަމެކެވެ. މީމީހާ މަސައްކަތް ކޮށްފައިވަނީ ވޭނެއްގެ ސީޓްގެ ތެރެއަށް އެރިއޮވެ އެމެރިކާއަށް ވަގަށް އެތެރެވުމަށެވެ.

މިއީވެސް ވަރަށް ހިއްވަރުކުރި ދެމީހެކެވެ. މި ދެމީހުން  މަސައްކަތްކުރީ ކާރެއްގެ އިންޖީނު ކޮމްޕާރޓުމެންޓްގެ ތެރޭގައި ފިލާއޮވެ އެމެރިކާއަށް ވަގަށް އެތެރެވުމަށެވެ.

 

މި އަންހެންމީހާ މަސައްކަތްކުރީ ކާރެއްގެ ފަހަތު ސީޓްގެ ދަށުގައި ބޮނދާއޮވެ އެމެރިކާއަށް ވަގަށް އެތެރެވުމަށެވެ.

 މި އަންހެންމީހާ މަސައްކަތްކުރީ ކާރެއްގެ ކުރީކުޅުގައި ބޮނދާއޮވެ އެމެރިކާއަށް ވަގަށް އެތެރެވުމަށެވެ.

 

 2010 ވަނަ އަހަރު މިދެމީހުން ހައްޔަރުކުރީ ކާރެއްގެ ދަށުގައި ފިލާތިބެ އެމެރިކާއަށް ވަގަށް އެތެރެވާން އުޅެނިކޮށެވެ.

 

 ކާރެއްގެ ޑިކީތެރޭގައި ފިލާތިބެ އެމެރިކާއަށް ވަގަށް އެތެރެވާން ބަޔަކު މަސައްކަތްކުރަނީ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ