ވެއްޓުނު ބޯޓުގެ ކަޅުފޮށީގެ ސިގުނަލްކަމަށް ބެލެވޭ ސިގުނަލް ތަކެއް ލިބިއްޖެ

9 ޖެނުއަރީ 2015 0

ޑިސެމްބަރު 28 ވީ އާދިއްތަދުވަހު ޖާވާ ކަނޑަށް ވެއްޓިފައިވާ އެއަރ އޭޝިޔާގެ ފްލައިޓް ކިއޫޒެޑް1058 ކަޅުފޮށީގެ ސިގުނަލް ކަމަށް ބެލެވޭ ސިގުނަލް ތަކެއް ލިބިއްޖެއެވެ.

ރެސްކިއު ޓީމުގައި ހަރަކާތްތެރިވާ އޮފިޝަލަކާ ހަވާލާދީ ބީބީސީން މިއަދު ރިޕޯރޓުކޮށްފައިވާ ގޮތުގައި ޖާވާ ކަނޑުން މިއަދު ލިބުނު ސިގުނަލް ތަކަކީ ވެއްޓިފައިވާ ފުލައިޓުގެ ކަޅުފޮށީން ފޮނުވާ ސިގުނަލް ތަކެއްކަމަށް ވެދާނެއެވެ.

އިންޑޮނޭޝިއާގެ ސިފައިންގެ ކޮމާންޑަރު ބީބީސީގައި ބުނެފައިވަނީ ސިގުނަލް ލިބުނު ސަރަހައްދަށް ޑައިވަރުންގެ ޓީމެއް ފޮނުވާފައިވާ ކަމަށެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި ސިގުނަލް ލިބިފައިވަނީ ކަނޑު އަޑިން ފެނުނު ބޯޓުގެ ފަހަތު ފިޔަގަނޑާއި ކާރި ސަރަހައްދަކުންނެވެ. އަދި ކަޅުފޮށި ފަހަތު ފިޔަގަނޑުން ނެއްޓިފައިވާ ކަމަށް އޮފިޝަލުން ލަފާކުރެއެވެ. ބޯޓުގެ ފަހަތު ފޮިޔަގަނޑު ހޯދިފައިވަނީ މިދިޔަ ބުދަދުވަހު ޖާވާ ކަނޑުގެ 30 މީޓަރު އަޑިއަށް ފޮނުވި މީހަކާނުލާ ދުއްވާ އުޅނަދެއްގެ އެހީގައެވެ.

ކަޅުފޮއްޓަކީ އާއްމުކޮށް ބޯޓުގެ ފަހަތު ފިޔާގައި އެތެރޭގައި ހަރުކޮށްފައި ހުންނަ އެއްޗެކެވެ. އަދި ކާރިސާއެއްގައި ބޯޓު މޫދާށް ވެއްޓިއްޖެނަމަ އެފޮށި މޫދުން ހޯދުމަށް ފަސޭހައަކަށް ކަނޑުއަޑިން ލޮކޭޓު ކުރެވޭ އާލާތެއް އެފޮށީގައި ވެއެވެ. މިފޮށީން ސިގުނަލް ފޮނުވާނީ 30 ދުވަސް ވަންދެން ކަމަށް ވެއެވެ.

އެއާއޭޝިއާގެ ފްލައިޓް ޖާވާ ކަނޑަށް ވެއްޓި 162 ދަތުރުވެރިން މަރުވެފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ވަނީ 46 މީހެއްގެ ހަށިގަނޑު ފެނިފައިވެ އެވެ. އޮފިޝަލުން ޤާބޫލުކުރާ ގޮތުގައި ގިނައަދަދެއްގެ ހަށިތައް ކަނޑުއަޑީގައިވާ ބޯޓުގެ ތެރޭގައި ވާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ