ޕިންކް ރިބަން ރަން- ވޯކްގައި އިހަވަންދޫން ބައިވެރިވެއްޖެ

28 އޮކްޓޫބަރު 2017 0

މިއަދު ބޭއްވި ހިނގާލުމަށްފަހު ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ހަސަން ފަހުދު

އުރަމަތީ ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)ގެ ފަރާތުން ބާއްވާ މި އަހަރުގެ "ޕިންކް ރިބަން ރަން- ވޯކް" ގައި އިހަވަންދޫން ބައިވެރިވެއްޖެ އެވެ.

ސީއެސްއެމް އާއި އިހަވަންދޫގެ މުވައްސަސާތަކާއި ގުޅިގެން ބޭންކު އޮފް މޯލްޑިވްސް އާއި އިހަވަންދޫ ކައުންސިލްގެ އެހީތެރިކަމާއި އެކު ބޭއްވި މިހިނގާލުން މިއަދު ބާއްވާފައި ވަނީ ހަވީރު 4:00 ގައެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވަނީ އާއްމުން ކެންސަރަށް ހޭލުންތެރި ކުރުވުމުގެ މެސެޖު ތަކެއް ފޯރުކޮށްދީފައެވެ.

ދުނިޔޭގެ އާބާދީގެ ކޮންމެ އަށް އަންހެނަކުން އެއް އަންހެނަކަށް އުރަމަތީގެ ކެންސަރު ޖެހޭކަމަށްވެ އެވެ. އެހެން ކަމުން ގަވާއިދުން ކެންސަރަަށް ސްކްރީން ކުރަން ޑޮކްޓަރުން އިރުޝާދު ދެ އެވެ.

ބީއެމްއެލް, އިހަވަންދޫ މަދަރުސާ, އިހަވަންދޫ ކައުންސިލް, އިހަވަންދޫ އިންޖީނުގެ, އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ