ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުން އެއްވަނަ އައިމަން އަށް

11 ޖެނުއަރީ 2017 1

ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދި ދަރިވަރު، މުހައްމަދު އައިމަން އިބްރާހިމް އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ސަންއޮންލައިން

ކީރިތި ޤުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހއ. އިހަވަންދޫ ރޯޒީވިލާ މުހައްމަދު އައިމަން އިބްރާހިމް ހޯދައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވި 31 ވަނަ ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.  ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ މުހައްމަދު އައިމަން އިބްރާހިމް އަށް ލިބުނު އިރު  އެ ގޮފިން ދެވަނަ ލިބުނީ ށ. ކޮމަންޑޫ ރަބީއުގޭ އައިޝަތު އަފްނާން ޝަރީފަށެވެ. ތިން ވަނަ އަށް ހޮވުނީ މ. މަންޒިލުއްސައާދާ މަރިޔަމް ރީއަތް ހަމީދު އެވެ. މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ މއ. ނާރެސް، އާލާ އަޒުމަތު ޖަމީލަށެވެ. ދ. މީދޫ ފެހިގޭ، ސުލްތާން މުހައްމަދު ލަތީފަށް އެ ބައިން ދެވަނަ ލިބުނުއިރު ތިން ވަނަ އަށް ހޮވުނީ ގދ. މާތޮޑާ، ވަޑިގޭ އާލާ އާދިލަށެވެ.

މިއަހަރުގެ މުބާރާތުގައި 32 ސެންޓަރަކުން 183 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފިން 52 ބައިވެރިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 131 ބައިވެރިންނެވެ. އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން މިއަހަރުގެ މުބާރާތުގައި 20 ބައިވެރިން ބައިވެރިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން، ކިޔަވާ ކުދިންނަށް ހާއްސަކޮށް މިއަހަރުގެ ތެރޭގައި އިންޓަސްކޫލް ޤުރުއާން މުބާރާތެއް ބާއްވާނެ ކަމަށް ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ․ އައިމަން․

– 11 ޖެނުއަރީ 2017 0