ރައީސް ހއ އަތޮޅަށް ވަޑައިގަންނަވަނީ

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ހއ އަތޮޅުގެ 2 ރަށަކަށް މިހަފުތާތެރޭ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން ރައީސްގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ އުތީމާއި ވަށަފަރަށެވެ.
އުތީމާއި ވަށަފަރަށް ރައީސްކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި އެދެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. އެދެރަށުގެ ބަނދަރުގެ މަޝްރޫއު ފަށާފައިވަނީ 2013 ވަނައަހަރު ރައީސް ވަހީދުގެ ވެރިކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ހއ އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ކުރިން ކެލާ، ދިއްދޫ އަދި ބާރަށަށްވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތެވެ. ރައީސްގެ ދަތުރުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ބައިވެރިވާ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި އެރައްތަކަށް ރައީސް ދަތުރު ނުކުރައްވާން ހަމަޖެއްސެވީ މިމަހު ކުރެއްވި ދަތުރުފުޅުތަކުގައި ދިމާވި ކަންކަމަށްރިޔާޔަތް ކޮށެވެ.
ޚިޔާލު ފައުޅުކުރުން