ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގަންނަވަނީ — Ihavandhoo.com

ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގަންނަވަނީ

31 ޖުލައި 2019 0

ރަތްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިހަވަންދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނު އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:30 ގައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން، އިހަވަންދޫ ސްކޫލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޕޮއިންޓް ސިސްޓަމަށް ކުޅުމަށް ހަމަޖެހިފައިވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގައި އިހަވަންދޫ ސްކޫލުގެ އިތުރުން ވާދަކުރާނީ ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާއާއި ހއ. ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަދި މާރަންދޫ ސްކޫލެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ