ރަށުކައުންސިލަށް 12 ކެންޑިޑޭޓުން، އަތޮޅު ކައުންސިލަށް 2 ކެންޑިޑޭޓުން

12 މާރިޗު 2017 2

 

2017 އެޕްރީލް 15  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިހަވަންދޫ ރަށުކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ނާއި ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ގުރުއަތުނަގައި ނަން ތަރުތީބު ކޮށްފިއެވެ.


ޕީޕީއެމް އިންއިހަވަންދޫ ރަށުކައުންސިލް އަދި އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުން

މިދިޔަ ބުރާސްފަތި ދުވަހު ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ގުރުއަތު ނަގާފައި ވާއިރު، ރަސްމީ އެއްވެސް ފަރާތަކުން އަދި ކެންޑިޑޭޓުންގެ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް އިހަވަންދޫ ރަށުކައުންސިލާއި ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާ އަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ މަޢުލޫމާތު މިނޫހަށް ވަނީ ކަށަވަރު ވެފައެވެ.


އެމްޑީޕީ އިން އިހަވަންދޫ ރަށުކައުންސިލް އަދި އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުން

މިގޮތުން އިހަވަންދޫ ރަށުކައުންސިލަށް މިފަހަރު 5 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، ރަށުކައުންސިލަށް ވަނީ ޖުމުލަ 12 ކެންޑިޑޭޓުން ކުރިމަތިލައްވާފައެވެ. އެއީ ޕީޕީއެމް ގެ 5 ކެންޑިޑޭޓުންނާއި އެމްޑީޕީގެ 5 ކެންޑިޑޭޓުން އަދި މިނިވަން 2 ކެންޑިޑޭޓުން ނެވެ. ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާއަށް ހޮވުމަށް ހަމަޖެހިފައިވަނީ 1 ކައުންސިލަރެވެ. އަތޮޅު ކައުންސިލަށް ކުރިމަތިއްލައްވާފައި ވަނީ ޕީޕީއެމް އާއި އެމްޑީޕީން ނެވެ.


އިހަވަންދޫ ރަށުކައުންސިލަށް ކުރިމަތިލެއްވި މިނިވަން ކެންޑިޑޭޓުން

ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޕީޕީއެމްގެ ފެއިލްވެފަިއވާ ކައުންސިލަރުން އިންތިހާބު މަތިން ހަނދާން ނައްތާލާ․

– 13 މާރިޗު 2017 0

އެމް ޑީ ޕީ ގެ މޮޔައިން އިންތިހާބު މަތިން ހަނދާން ނައްތާލާ

– 18 މާރިޗު 2017 0