ރަށުންބޭރުގައި ދިރިއުޅޭ ގިނަބަޔަކު ކެމްޕޭނަށް އިހަވަންދޫއަށް

14 ސެޕްޓެމްބަރު 2018 0

ރަށުން ބޭރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު، އިހަވަންދޫއަށް އައިސް އިދިކޮޅު ކޯލީޝަނުގެ ކެމްޕެއިން ހަރަކާތާއި ގުޅިއްޖެއެވެ. އެގޮތުން އިއްޔަވަނީ ދެ ލޯންޗެއްގައި 80 ވަރަކަށް މީހުން އިހަވަންދޫއަށް އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓް ތަކާއި، މާލެ އަދި ބައެއް ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންނެވެ.

އެމީހުން އިހަވަންދޫއަށް އައުމުން އިއްޔަ ހަވީރު އިހަވަންދޫ ބަނދަރު ސަރަހައްދުގައިވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެއަށްފަހު ރަށުން ބޭރުން އައި ޓީމާއި އެކު ރަށުގެ ބޮޑެތި މަގުތަކުގައި ހިނގައިލުމެއް ބާއްވާފައިވެއެވެ. މީގެ އިތުރުން ދޮރުންދޮރަށް ހިނގުމާއި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތަކެއްވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައިމިރޭ ކަންމަތީ ބައްދަލުވުމެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ