ރިޕޯޓް ހުށައެޅި ކައުންސިލް ތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނޭ

7 އޮކްޓޫބަރު 2020 0

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކައުންސިލް ހިންގި ގޮތުގެ ރިޕޯޓް، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް ހުށައެޅި ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ.

ލޯކަލް ގަވަރމެންޓު އޮތޯރިޓީ އިން  ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެއޮތޯރިޓީ އަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ރިޕޯޓް ފޮނުވާފައިވަނީ 15 އަތޮޅު ކައުންސިލުންނާއި 3 ސިޓީ ކައުންސިލް އަދި 79 ރަށު ކައުންސިލަކުންނެވެ.

އެލްޖީއޭ އިން ވަނީ އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައި ވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ.

ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 79 ވަނަ މާއްދާގައިވާ ގޮތިގެ މަތީން ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 10ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ ހަ މަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ސިޓީ އަދި އަތޮޅު ކައުންސިލްތަކުން އެލްޖީއޭ އަށް ފޮނުވަންޖެހެއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ