ރޮހިންޖާ ދަރިކޮޅުގެ މީހުން ވިއްސި ވިހާލިވެފައިވާ ގޮތް!

12 ސެޕްޓެމްބަރު 2017 0

ރޮހިންޖާ މުސްލިމުން ވިއްސި ވިހާލިވެފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް (ޗާޓް ތައްޔާރުކޮށްފައިވަނީ އެހީދޭ ޖަމާއަތްތަކާއި ޔޫއެންގެ އޭޖެންސީތަކުގެ އެހީގައި އަލްޖަޖީރާއިން)

މިއަންމާގެ ބުޑިސްޓުންނާއި އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ މުސްލިމުން ދަތުރުފެށީ މިއަދަކުނޫނެވެ. 1940 ވަނަ އަހަރުގެ ފަހުކޮޅު މިއަންމާއަށް އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ލިބުނު ހިސާބުން ރޮހިންޖާ ދަރިކޮޅަކީ މިއަންމާގައި ބާކީވެފައިވާ ދަރިކޮޅެކެވެ. މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ރޮހިންޖާ ދަރިކޮޅަކީ ދުނިޔޭގައި މިވަގުތު އެންމެ ވޭނުގައިއުޅެމުންދާ މައިނޯރިޓީކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އެއްބަސްވެއެވެ.

މިއަންމާގައި ދިރިއުޅެމުންދާ ރޮހިންޖާ ދަރިކޮޅާއިމެދު މިއަންމާގެ އަސްކަރިއްޔާއިން ލާއިންސާނީ ހަރަކާތްތައް ފަށާފައިވަނީ 1940 އިގެ އަހަރުތަކުގެ ތެރޭގައެވެ. އަދި 1982 ގައި ރޮހިންޖާ މީހުންގެ އަތުންވަނީ މިއަންމާގެ ރައްވެހިކަން ނަގާފައެވެ. 1970 އިގެ ތެރޭ މިއަންމާގެ ސިފައިން ރޮހިންޖާ ދަރިކޮޅުގެ މީހުންނާއިމެދު ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް އިންތިހާއަށް އިތުރުވާން ފެށުމާއިއެކު މިއަދާހަމައަށް މިލިއަނަކަށްވުރެ ގިނަ ރޮހިންޖާ ދަރިކޮޅުގެ މީހުންވަނީ އެމީހުން މިއަންމާގައި ވަޒަންވެރިވެގެންތިބޭ ރަކިނޭ ދޫކޮށް ދުނިޔޭގެ އެކިގައުމުތަކަށް ހިޖުރަކޮށްފައެވެ.

ފަހުގެ ތާރީހެއްގައި ރޮހިންޖާ ދަރިކޮޅު މިއަންމާ ދޫކޮށް ހިޖުރަކުރުން އިތުރުވާންފެށީ 2016 ވަނައަހަރުއެވެ. އެއީ 2016 ވަނައަހަރު ރޮހިންޖާދަރިކޮޅަށް ނިސްބަތްވާ ހަތިޔާރުއެޅި ޖަމާއަތަކުން މިއަންމާގެ ސިފައިންގެ ޕޯސްޓަކަށް ހަމަލާދިނުމުން އުފެދުނު ހަމަނުޖެހުމުގެ ތެރޭގައެވެ. މިއަހަރު އަނެއްކާވެސް މިޔަންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެންދިއައީ ހަމަ އެފަދަ ހަމަލާއެއް މިއަންމާގެ ސިފައިންގެ ޕޯސްޓަކަށް ދިނުމާ ގުޅިގެންނެވެ.

މިދިޔަ އޮގަސްޓްމަހުދިން އެހަމަލާއާއިއެކު މިއަންމާގެ އަސްކަރިއްޔާއާއި ބުޑިސްޓުން އަނިއާވެރިކަން އިންތިހާއަށް ދިއުމުގެ ނަތީޖާއަކީ ކޮންމެދުވަހަކުވެސް އެތައްހާސް ރޮހިންޖާ އިން މިއަންމާ ދޫކޮށް ހިޖުރަކުރުމެވެ.

1970 ވަނައަހަރުންފެށިގެން ބުޑިސްޓް މިއަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މިއަންމާ ދޫކޮށް ހިޖުރަކުރި ރޮހިންޖާ ރެފިއުޖީންނަށް އޭޝިއާގެ ބައެއްޤައުމުތަކުންވަނީ އެޤައުމުތަކުގެ ދޮރާށިތައް ހުޅުވާލައިފައެވެ.

ބަންގްލަދޭޝް: 785،000

ޕާކިސްތާން: 350،000

ސައުދީ އަރަބިއްޔާ: 200،000

މެލޭޝިޔާ: 150،000

އިންޑިޔާ: 40،000

އެކުވެރި އަރަބި އިމާރާތް: 10،000

ތައިލޭންޑް: 5000

އިންޑޮނޭޝިޔާ: 1000

މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ