ޝާއިރާ "އެ މީހުންގެ ހުނަރު" ފަށަނީ! — Ihavandhoo.com

ޝާއިރާ "އެ މީހުންގެ ހުނަރު" ފަށަނީ!

  

އިޖުތިމާއީ ހިދުމަތުގެ ސަފުގައި ފިސާރި ޖޯޝުގައި އަބަދުވެސް ފައިހަމަކުރައްވަމުން ގެންދަވާ އޯކިޑުމާގޭ ފާޠިމަތު ޝާއިރާ، މި ނޫހުގައި ހާއްސަ ލިޔުއްވުންތަކެއް ގެނެސްދެއްވުމަށް ނިންމަވައިފިއެވެ.

ޝާއިރާ ވިދާޅުވީ މި ލިޔުއްވުންތަކުގެ މަގުސަދަކީ އިހަވަންދޫގައި ތިއްބެވި އެކިކަހަލަ ހުނަރުތައް ލިބިފައިވާ ބޭފުޅުންގެ މައުލޫމާތު އާންމުންނަށް ސާފުކޮށްދީ އެ މީހުންގެ ވާހަކަތަކުން އެހެން މީހުންނަށް ފިލާވަޅުތަކެއް ލިއްބައިދިނުމަށް މަސައްކަތްކުރުން ކަމަށެވެ.

"ކޮންމެ މީހަކީ ވެސް ދިރިއުޅުމުގައި ކޮންމެވެސް ކަހަލަ ހުނަރެއް ނުވަތަ ހުނަރުތަކެއް ލިބިފައިވާ މީހެއް ދެއްތޯ. ދިރިއުޅުމުގައި އެމީހަކު ކުރިއަށް ދާނެ ރޮނގެއް ހިޔާރުކުރުމަކީ ކޮންމެ މީހަކަށްމެ ލިބިފައިވާ ހައްގެއް. ބައެއް ހުނަރަކީ އިންސާނާ އުފެދުމުގައި ވެސް މާތްް ﷲ  ދެއްވާފައިވާ ހުނަރު. މިފަދަ ހުނަރަކުން ކުރިއަށް ދާން މަތީ ސަނަދެއް ނުވަތަ ފާހެއް ބޭނުމެއް ނުވޭ. ބޭނުން ވަނީ ކުޑަ ހިތްވަރެއް ދެއްތޯ. އެ މީހަކު ކުރަން ބޭނުން ކަމެއް މިޒަމާނުގައި ކޮށްލުމަކީ މަތީ ސަނަދެއް ހާސިލް ނުކުރިޔަސް ވެދާނެ ކަމެއްކަން ސާބިތު ކޮށްދޭ މީހުން މުޖުތަމައުން ފެންނަކަމީ ނުހަނު އުފާކޮށް އެ ކަންކަން ބަލައިގަންނަން ޖެހޭކަމެއް. މި ގޮތުން އިހަވަންދޫގައި ވެސް އެކި ކަހަލަ ހުނަރުލިބިފައިިވާ އެތައް ބައެއް ތިބިކަން މީއީ އުފާކުރުން ހައްގުކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވެ އަޅުގަނޑު ހިތަށް އެރީ އެ ބޭފުޅުންނާ ބެހޭ މައުލޫމާތު ގެނެސްދޭން ވިއްޔޭ. އޭރުން އެހެން މީހުންނަށް އިބުރަތްތަކެއް ހާސިލްކުރެވިދާނޭ. އަދި އެ މީހުންނަށް ވެސް އިތުރު ހިތްވަރަކަށް އޭރުން ވެގެން ދާނޭ" ޝާއިރާ މި ނޫހަށް ވިދާޅުވިއެވެ.

މި ލިޔުއްވުންތައް ޝާއިރާ ގެނެސްދެއްވަނީ "އެ މީހުންގެ ހުނަރު" މި ނަމުގައެވެ. މި ލިޔުއްވުންތަކުގެ ފުރަތަމަ ލިޔުން މާދަމާ ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މީހުންގެ ހުނަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Maadhamaa dho

– 4 ޖޫން 2018 0