އެސްޓީއޯއިން ވިއްކަމުން އަންނަ ޑީސަލްގެއަގު ބޮޑުކޮށްފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

34 ދުވަސް

އެސްޓީއޯއިން ވިއްކަމުން އަންނަ ޑީސަލްގެއަގު ބޮޑުކޮށްފި

10 ފެބުރުއަރީ 2019 0

އެސްޓީއޯއިން ވިއްކަމުން އަންނަ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ. އެގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރަކުންވަނީ 90ލ ބޮޑުކޮށްފައެވެ.

އެހެންކަމުން ކުރިން 9.99 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ދެންގަންނަން ލިބޭނީ 10.89 ރުފިޔާއަށެވެ. އެސްޓިއޯއިން ހާމަކޮށްފައިވާގޮތުގައި ޑީސަލް ވިއްކާ އަގު ބޮޑުކުރަން ޖެހުނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާއި ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 11.99 ރުފިޔާއަށެވެ. ނަމަވެސް ޖެނުއަރީ 14 ވަނަ ދުވަހު ޑީސަލް ލިޓަރަކުން 2 ރުފިޔާ ހެޔޮކުރުމާއިއެކު ޑީސަލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 9.99 ރުފިޔާއަށެވެ.

އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ