ސައިބީރިއާގެ އުތުރުގެ ސަރަހައްދެއްގެ ބިމުގައި ކުއްލި ގޮތަކަށް ބޮޑު ވަޅުގަނޑެއް އުފެދިއްޖެ

16 ޖުލައި 2014 0

ސައިބިރިއާގެ އުތުރުގެ ސަރަހައްދެއްގެ ބިމުގައި ބޮޑު ވަޅުގަނޑެއް އުފެދިފައިވާތަން ފެނިއްޖެ އެވެ. ސައިބީރިއަން ޓައިމްސް އިން ހަބަރުދޭ ގޮތުގައި މިއަދުގެ ވަގިތެއްގައި އެސަރަހައްދަށް ސައިންސު ވެރިންގެ ޓީމެއް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުޅާ މިނުގައި ގާތްގަނޑަކަށް 262 ފޫޓު ހުންނަ ވަރުގެ ބޮޑު ވަޅުގަނޑެއް ސައިބީރިއާގެ އުތުރުން ފެނިފައި ވާއިރު އެވަޅުގެ ފުންމިން އަދި ހޯދިފައި ނުވާކަމަށް މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ.

ކުއްލި ގޮތަކަށް އުފެދުނު މިވަޅުގަނޑު އުފެދެން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ ނަމަވެސް، ސައިންސް ވެރިން ލަފާ ކުރަނީ މިއީ ދުނިޔެ ހޫނު ވަމުންދާ ދިޔުމުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ.

ސައިބީރިއާގެ އުތުރުގެ ސަރަހައްދުގައި ވަޅުގަނޑެއް އުފެދިފައި ވާއިރު، އިއްޔަ ވަނީ ސައިބީރިއާގެ "ރިވާ އޯބްއަށް" ކުއްލި ގޮތަކަށް ގަނޑުފެނުގެ ވާރޭ ވެހިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ