ބަހެއް ހުއްޓުވުމަށްފަހު އޭގައި ތިބި މުސްލިމު ނޫން އެންމެން މަރާލައިފި — Ihavandhoo.com

ބަހެއް ހުއްޓުވުމަށްފަހު އޭގައި ތިބި މުސްލިމު ނޫން އެންމެން މަރާލައިފި

23 ނޮވެމްބަރު 2014 1

ކެންޔާގެ އިސްލާމިކު ޝެބާބު ޖަމާއަތުގެ ހަތިޔާރު އެޅި ހަނގުރާމަވެރިން އެގައުމުގެ ނައިރޯބީ އަށް ދަތުރުކުރަމުންދިޔަ ބަހެއް ހުއްޓުވުމަށްފަހު އެބަހުގައި ތިބ މުސްލިމު ނޫން އެންމެން މަރާލައިފިއެވެ. ޝެބާބު ޖަމާއަތުގެ މީހުން ބަސް ހުއްޓުވުމަށްފަހު ބަހުގައި ތިބި އެންމެންގެ ދީން އޮޅުންފިލުވާ ހުރިހާ މުސްލިމުން ދޫކޮށްލިކަމަށްކަބަރުތައް ބުނެއެވެ. ޝެބާބު ޖަމާއަތުން ވަނީ ބަހުގައި ތިބި 28 މީހުން މަރާލާފައެވެ. މަރާލި މީހުންގެ ތެރޭގައި ހިމެނެނީ 19 ފިރިހެނުންނާއި 9 އަންހެނުންނެވެ.

ޝެބާބު ޖަމާއަތުން މިހަމަލާ ދީފައި މިވަނީ ކެންޔާގެ ހަމަނުޖެހުން ބޮޑު ހިސާބެއް ކަމަށްވާ މޮމްބާސާގައި ހުރި މިސްކިތްތަކަށް ކެންޔާގެ ސަލާމަތީ ބާރުތަކުން ވަދެ ހިންގި ކަންތައްތަކުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އެޖަމާއަތުގެ ތަރުޖަމާނު ވަނީ ބުނެފައެވެ. ކެންޔާގެ ފުލުހުން ވަނީ މިސްކިތްތަކަށް ވަދެ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

ޝެބާބު ޖަމާއަތުން މިހިންގި ބަދަލު ހިފުމުގައި ބަހުގައި ތިބި މުސްލިމު ނޫން މީހުން ވަކިކޮށް، އެމީހުނަށް ޤުރުއާނުގެ އާޔަތްތަކެއް ކިޔެވުމަށް ބުނިކަމަށް ރިޕޯޓުތައް ބުނެއެވެ. ޤުރުއާނުގެ އާޔަތްޔައް ނުކިޔެވި މީހުންގެ ބޮލަށް ވަނީ ބަޑިޖަހައި މަރާލައިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހައްދުފަހަނައަޅާ ދިއުމުގެ ނަތީޖާ․ ހަޑިނަން ހުރިހާ މުސްލިމުންނަށް

– 23 ނޮވެމްބަރު 2014 1