ޝިފާޢުގެ މާލީ ބަޔާން: މިލްކިއްޔާތުގައި މުދަލެއް ނެތް، 3 ލައްކަ ރުފިޔާގެ ދަރަންޏެއް — Ihavandhoo.com

ޝިފާޢުގެ މާލީ ބަޔާން: މިލްކިއްޔާތުގައި މުދަލެއް ނެތް، 3 ލައްކަ ރުފިޔާގެ ދަރަންޏެއް

22 ފެބުރުއަރީ 2019 7

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޝިފާޢު، ބުލްބުލާގެ / ހއ. އިހަވަންދޫގެ މާލީ ބަޔާން އާންމު ކުރައްވައިފި އެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލީ ބަޔާން، އެޕާޓީން ދަނީ އާންމުކުރަމުންނެވެ، އެމްޑީޕީގެ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރަން ނިންމާފައިވަނީ ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ދެފުއްފެންނަ ގޮތަކަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

މުޙައްމަދު ޝިފާޢުގެ މާލީ ބަޔާނުގައި ވާގޮތުން އެބޭފުޅާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަންނަވަނީ އެންޓްރެކް ހޯލްޑިން ޕުރައިވެޓު ލިމިޓެޑުގެ ޕާޓުޓައިމް ވަޒީފާއަކުން ލިބިލައްވާ 8000 ރުފިޔާ އެވެ. ކުލި، ވިޔަފާރި އަދި ކުންފުންޏާއި ޕާޓްނަރޝިޕް ހިއްސާ ލިބިނުލައްވާއިރު، މިހިނގާ ފެބުރުވަރީ މަހު ޝިފާޢުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ހަމައަށް އެބޭފުޅާގެ ބޭންކު އެކައުންޓުތަކުގައި ހުރީ ޖުމުލަ  10730 ރުފިޔާ 60ލާރި އާއި 123.12 ޔޫއެސް ޑޮލަރެވެ.

އަމިއްލަ ނަމުގައި ބޭންކު އޮފް މޯލްޑިވްސް އިން 948094 (ނުވަ ލައްކަ ސާޅީސް އަށްހާސް ނުވަދިހަ ހަތަރު ރުފިޔާ) ގެ ލޯނެއް ނަންގަވާފައިވާއިރު މިހާތަނަށް ލޯނުގެ ނުދައްކާ ބާކީ 313668.60 (ތިން ލައްކަ ތޭރަހާސް ހަސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ފަސްދޮޅަސް ލާރި) ގެ ދަރަންޏެއް ވާކަމަށް ޝިފާޢުގެ މާލީ ބަޔާނުގައި ވެއެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Thiya vaahaka gabool kuraa varuge kuda kudhinnah ihavandhoo dhaairaa akah vote eh nuleveyne....

– 22 ފެބުރުއަރީ 2019 0

mdp ah thaaeed kuran ekamu dheen eahvureh muhimmu vaane. ribaa himeney bank loaneh nagaifaivaa myhakah vote dheynvedhaanethoa

– 22 ފެބުރުއަރީ 2019 0

Namuge kuriah Ihavandhoo jahaagen Ihavandhoo meehun hedhdhidhaane kamah heenukuraathi. IHAVANDHOO in gai 1800 akafoot ge binkolhu he vaahakaves maalee bayaanah neyri. Dhogaa makarun Kan Kan haasi

– 22 ފެބުރުއަރީ 2019 0

އެންމެ ކުޑަކުއްޖަކަށްވެސް ތީގަ އޮތް ހަޑިއެއް އެނގޭނެ․ <br>ތިއީ ސީދާ އޮޅުވާލުމެއް!

– 22 ފެބުރުއަރީ 2019 0

naseer hoveyny mifaharu Naseeru aky emme gaabil meeha kamah vany

– 22 ފެބުރުއަރީ 2019 0

Athah govi maalee bayaan..... 8000 rufiyaage aamdhanee eh libey meehakah 9 lakka rufiyaage loaneh dhookuranee konthaakun MMPRC in tha

– 22 ފެބުރުއަރީ 2019 0

Thee sa'ha malee bayaane kamaamedhu suvaalu ufedhy.

– 22 ފެބުރުއަރީ 2019 0