ޝިފާޢުގެ މާލީ ބަޔާން: އިސްލާހުކޮށް އަލުން އާންމުކޮށްފި — Ihavandhoo.com

ޝިފާޢުގެ މާލީ ބަޔާން: އިސްލާހުކޮށް އަލުން އާންމުކޮށްފި

22 ފެބުރުއަރީ 2019 0

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކުރުމުގެ ގޮތުން، އެޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އިހަވަންދޫ ދާއިރާއަށް ކުރިމަތިލާފައިވާ މުހައްމަދު ޝިފާޢުގެ މާލީބަޔާން އިސްލާހުކުރުމަށްފަހު އަލުން އާނމުކޮށްފިއެވެ.

ކުރިން އެމްޑީޕީގެ ވެބްސައިޓްގައި އާނމުކޮށްފައިވާ މާލީބަޔާން، އިސްލާހުކުރުމަށްފަހު އަލުން އާންމުކުރިއިރު ގެނެސްފައިވާ ބައެއް ބަދަލުގެ ތެރޭގައި، އަރާތަރި ދޯނިން އާމުދަނީގެ ގޮތުގައި 47،350ރ ލިބިފައިވާ ކަމާއި އެބޭފުޅާގެ މިލްކުވެރިކަމުގައި 5.4 މިލިއަން ރުފިޔާގެ އަގުހުރި ކަންނެލި ދޯންޏަކާއި 1.4 ލައްކަ ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްކަމަށް ފާހަގަކޮށްފައިވެއެވެ.

ޝިފާއު ވިދާޅުވީ އެމްޑީޕީގެ ވެބްސައިޓްގައި ކުރިން (ރޭގައި) އާންމުކޮށްފައިވާ މާލީބަޔާނުން މިއަދު ހެނދުނު އާނމުކޮށްފައިވާ ބަޔާނުގައި ބައެއްބައިތައް އުނިވެފައިވާ  ސަބަބަކަށް ބެލެވެނީ، ފުރަތަމަ ފޮނުވާފައިވާ މާލީބަޔާނުގައި ހިމަނާފައިވާ އެކައުންޓް ނަންބަރުތައް އުނިކުރަން އެންގުމުން، ސޮފްޓް ފައިލްގައިވާ ޑޭޓާ އެޑިޓްކުރަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ކަމެއްކަމުގައެވެ. މިއަދު ހަވީރު އަނެއްކާވެސްވަނީ ޝިފާއުގެ މާލީ ބަޔާން އިސްލާހުކޮށް އަލުން އެމްޑީޕީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ޝިފާއު ވިދާޅުވިގޮތަށް ރޭގެ ވަގުތެއްގައި ފުތަރަމަ، އެމްޑީޕީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައިވާ ތަފްސީލާއި މިރޭ އިރާކޮޅު އިސްލާހުކޮށްފައި އާނމުކުރި މާލީ ބަޔާނުގެ ތަފްސީލާއި ދިމާވެއެވެ. ނަމަވެސް މިއަދު ހެދުނު އާންމުކޮށްފައޮވާ މަލީ ބަޔާނުގެ ބައެއް ބައިތައްވަނީ އުނިކޮންނެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލީ ބަޔާން އެޕާޓީގެ ވެބްސައިޓްގައި ރޭގައި ފުރަތަމަ އާންމުކޮށްފައިވާނީ އެކައުންޓް ނަންބަރުތަކުގެ ތަފްސީލާއިވެސް އެކުއެވެ. ނަމަވެސް ފަހުންވަނީ އެބަޔާންތަކުގައިވާ އެކައުންޓް ނަންބަރުތައް އުނިކޮށްފައެވެ.

ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރާ 3 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީބަޔާން އާނމުކޮށްފައިވަނީ ޝިފާޢުއެވެ.

 

 

 

 

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ