ގުޑުގުޑާ ސިނގިރޭޓަށްވުރެ 200 ގުނަ ނުރައްކާތެރި — Ihavandhoo.com

ގުޑުގުޑާ ސިނގިރޭޓަށްވުރެ 200 ގުނަ ނުރައްކާތެރި

25 ޖެނުއަރީ 2015 0

ޑރ. ހަނާން އުބައިދް އާއި ޑރ. ނިސްރީން ޤައޫދް. 1 ގަޑި އިރު ގުޑުގުޑާބުއިން 200 ސިނގިރެޓު ބުއިމާ އެއްވަރުކަމަށް ބުނެފައިވޭ

ދުބާއީ: ގުޑުގުޑާއަކީ ސިނގިރޭޓަށްވުރެ ރައްކާތެރި އެއްޗެއްކަމަށް ދެކިގެން ގުޑުގުޑާ ބޯމީހުންނަށް ކަމުގެ ހަޤީގަތް އަންގައިދޭ ސާފު މެސެޖެއް ކަމާބެހޭ ފަރާތްތަކުން ދީފިއެވެ. ގުޑުގުޑާ އަކީ ސިނގިރޭޓަށްވުރެ 200 ގުނަ ނުރައްކާތެރި އެއްޗެއްކަމަށް ދުބާއީގެ ސިއްހަތާބެހޭ އޮތޯރިޓީސް ތަކުން ވަނީ ހާމަކޮށްފައެވެ.

އެމިރޭޓްސް ހެލްތު އޮތޯރިޓީގެ ދަ ސްމާޓް ކްލިނިކް އިން ބުނެފައިވަނީ ސިނގިރޭޓްބޯ ގިނަ މީހުން ސިނގިރޭޓަށް ވުރެން ޝީޝާ ރައްކާތެރި ކަމަށް ހީކޮށް ސިނގިރޭޓު ބުއިން ހުއްޓާލުމަށްފަހު ޝީޝާ ބޯން ފަށާ ކަމަށެވެ. އެ ކްލިނިކުގެ ސީނިއާ ދެ ޑޮކްޓަރުންކަމަށްވާ ޑރ. ހަނާން އުބައިދް އާއި ޑރ. ނިސްރީން ޤައޫދް ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލުމުން އެއްދުވަސްތެރޭގައި އެމީހަކަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ދައްކޮށްދޭކަމަށެވެ. އަދި ދުވަސްކޮޅަކުން ސްޓްރޯކް ޖެހުމާއި ކެނސަރުފަދަ ބަލިތަކުން މީހާ ދުރުކޮށްދޭ ކަމަށްވެސް އެޑޮކްޓަރުން ވިދާޅުވެފައިވެއެވެ. އަދި 1 ގަޑިއިރު ގުޑުގުޑާ ބުއިމާ 200 ސިނގިރޭޓު ބުއިމާ އެއްވަރު ކަމަށްވެސް ޑަކުޓަރުން ވަނީ ބުނެފައެވެ.

ޑަކުޓަރުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މީހާ ބަލިކަށިވުމާއި، ވަރުދެރަވެ، ބުންވަރު ދައްވުމާއި އަދި މަރުވުމުގެ މައިގަނޑު ސަބަބަކަށް ދުންފަތް ވެފައިވާ ކަމަށެވެ. އެއީ ދުންފަތުގައި 250 ވިހަ މާއްދާއާއި ކެންސަރު ޖައްސާ 50 މާއްދާ އާއެކު 4000 އަށްވުރެ ގިނަ ނުރައްކާތެރި ކެމިކަލްތައް އެކުލެވީތީކަމަށް ޑަކުޓަރުން ބުނެފައިވެއެވެ. ޑަކުޓަރުންނެރުނު ރިޕޯރޓުގައި އިތުރަށް ބުނެފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާތާ 24 ގަޑިއިރު ތެރޭގައި އެމީހަކަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ދައްކޮށްދިނުމުގެ އިތުރުން ލޭދައުރުވުން 30 އިންސައްތަ 1 މަސްތެރޭގައި ރަނގަޅު ކޮށްދޭނެއެވެ. އަދި މިއަމަލު ހުއްޓާލުމުން ކެއްސުމާއި، ނޭފަތް ބެދުމާއި ވަރުބަލިވުމުން ދުރުކޮށްދީ ނޭވާލާ ނިޒާމު ރަނގަޅު ވުމުގެ އިތުރުން 1 މަހާއި 9 މަހާއި ދޭތެރޭ ހަށިގަނޑުގެ އާންމު ހާލަތަކަށް ގެނުވާނެ ކަމަށް ބުނެފައި ވެއެވެ. :// މަސްދަރު: އެމިރޭޓްސް 247

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ