ސިހުރުހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރިމީހާގެ ބަންދަށް އަނެއްކާވެސް 10 ދުވަސް — Ihavandhoo.com

ސިހުރުހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރިމީހާގެ ބަންދަށް އަނެއްކާވެސް 10 ދުވަސް

6 މެއި 2016 2

ސިހުރުހާހޫރަ ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫ ގެއެއްބަލައި ފާސްކުރުމަށްފަހު ހައްޔަރުކުރި މީހާގެ ބަންދަށް 2 ވަނަފަހަރަށް 10 ދުވަސް, ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ. އެމީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖެހީ، ފުރަތަމަ ފަހަރުޖެހި 10 ދުވަސް ހަމަވުމުން، ބަންދާމެދު ގޮތެއް ނިންމަން ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޕޮލިސް މީޑިޔާ އޮފިޝަލް މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އިހަވަންދޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހު ފުލުހުންގެ ހައްޔަރުގައިވާ މީހާއާއި އެ މައްސަލައާ ގުޅުންހުރި ތަކެތި (އެ ގެއިން) ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާއި "ހައްޔަރުގައިހުރި މީހާ" ވަޒީފާއަދާކުރާ އިހަވަންދޫ ޞިއްޙީމަރުކަޒުގައި އެމީހާ މަސައްކަތްކުރާ ތަން ފުލުހުން ބަލައި ފާސްކޮށް  އެތަނުން މައްސަލައާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ސިހުރު ހެދުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

365 ދުވަސް ޖަހާލުން ކީއްތޯ؟

– 8 މެއި 2016 0

ތަޅުވަ ތަޅުވާފަ ދުވަސް ކޮޅަކުން ދޫކޮށްލަފާނެ․ ހާސް ނުވޭ․

– 8 މެއި 2016 0