މާބަނޑު ދުވަސްވަރު ދުުންފަތުގެ އިސްތިއުމާލު ކުރުމުން ދަރިފުޅު ހެދިބޮޑުވުން ލަސްވޭ: ދިރާސާ — Ihavandhoo.com

މާބަނޑު ދުވަސްވަރު ދުުންފަތުގެ އިސްތިއުމާލު ކުރުމުން ދަރިފުޅު ހެދިބޮޑުވުން ލަސްވޭ: ދިރާސާ

24 މާރިޗު 2015 2

ފޯރޑީ ސްކޭނުގެ މަތިން އެފެންނަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މައެއްގެ ބަނޑަށް 32 ހަފުތާގެ ސްކޭން. އަދި ތިރީގައި އެވަނީ އެ ޢަމަލު ނުކުރާ މައެއްގެ ބަނޑަށް 32 ހަފުތާގައި ކޮށްފައިވާ ސްކޭން.

މާބަނޑު ދުވަސްވަރު މައިން ދުުންފަތުގެ އިސްތިއުމާލު ކުރާނަމަ ކުޑަދަރިފުޅު ހެދިބޮޑުވުން ލަސްވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޑްރަހަމް ޔުނިވާރސީޓިގެ ޑަކްޓަރ ނަދްޖާ ރެއިސްލޭންޑު ބުނެފައިވަނީ އަލްޓްރާ ސްކޭންތަކުން ދައްކާފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ދުުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ބަނޑުގަ އޮންނަ ދަރިފުޅުގެ ނާރުގެ ނިޒާމު ތަރައްޤީވުމަށް ހުރަސް އަޅާކަމުގައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ މައިންނާއި ދުނަފަތުގެ އިސްތިޢުމާލު ނުކުރާ މައިންގެ ފޯރ ޑީ އަލްޓްރާސައުންޑް ސްކޭން ތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މައިންގެ ކުދިން، މައިންގެ ބަނޑުގައި އޮންނަ އިރު އެކުދިންގެ މޫނާއި އަނގާގައި އަލްތާ ހަދާލެއް، ދުންފަތުގެ އިސްތިޢުމާލު ނުކުރާ މައިންގެ ކުދިންނަށްވުރެ އިތުރެވެ. މި ދިރާސާގައި ބައިވެރިކޮށްފައި ވަނީ މާބަނޑު 20 އަންހެނުންނެވެ. އޭގެތެރެއިން 4 މީހުންނަކީ އެވުރެޖްކޮށް ދުވާލަކު 14 ސިނގިރޭޓު ބޯ މީހުންނެވެ. އެމީހުންގެ ސްކޭންތައް ކޮށްފައިވަނީ އެމީހުންގެ ބަނޑަށް 24، 28، 32 އަދި 36 ހަފުތާގެތެރޭގައެވެ.

ބަނޑުގައިވާ ކުޑަދަރިފުޅު ދުވަސްފުރެން ކައިރިވަމުންދިޔަ ވަރަކަށް ހެދިބޮޑުވެ ފުރިހަމަ ވުމުން އެކުދިން އަނގައާއި މޫނުގައި އަތްލާ މިންވަރު ދައްވާނެ ކަމަށް ވެއެވެ.  ނަމަވެސް ދުންފަތުގެ އިސްތިޢުމާލު ކުރާ މައިންގެ ދަރިން، ސްކޭނުތަކުން ފެނުނީ މިއާ ތަފާތު ކޮށްނެވެ. އެއް އުމުރެއްގެ ކުދިންގެ ހަރަކާތްތައް ބެލި މިސްކޭންތަކުގެ އެހީގައި ޑަކްޓަރުން ބުނެފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރާ މާބަނޑު މީހުންގެ ކުދިން އަނގައާއި މޫނުގައި އަތްލާ މިންވަރު އިތުރުވުމީ އެކުދިންގެ އުމުރާ ގުޅޭ މިންވަރަށްް ހެދިބޮޑުނުވާ ކަމުގެ ހެތްކެއް ކަމުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިތާގަ މައިންނޭ ލިޔެފަ ހުންނާތީ ސުވާލު އުފެދޭ․ އަލަށް ބަލިވެ އިންނަ މީހުން ސިނގިރޭޓު ބުޔަސް އޯކޭތަ؟ މައިންނަށް ވާނީ ދަރިން ލިބިފަ ތިބި މީހުންނެއްނު؟

– 24 މާރިޗު 2015 0

ބިރުގަނެއްޖެ

– 24 މާރިޗު 2015 0