ސަސްޕެންޝަނަށްފަހު ކައުންސިލަރުން އޮފީހަށް ނިކުތުމުން ހޫނު މަރުހަބާއެއް ކިޔައިފި — Ihavandhoo.com

ސަސްޕެންޝަނަށްފަހު ކައުންސިލަރުން އޮފީހަށް ނިކުތުމުން ހޫނު މަރުހަބާއެއް ކިޔައިފި

ސަސްޕެންޝަނަށްފަހު ކައުންސިލަރުން އޮފީހަށް ނިކުތުމުން އިހަވަންދޫ ރައްޔިތުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ހަސަން ފަހުދު / ނެކްސްޓް އިފެކްޓް

 މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން، 31 ޖެނުއަރީ 2018 އިން ފެށިގެން 3 މަސްދުވަހަށް ސަސްޕެންޑް ކޮށްފައިވާ އިހަވަންދޫ ކައުނސިލަރުން ސަސްޕެންޝަނަށްފަހު އޮފީހަށް ނިކުތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުންކަމަށްބުނެ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިންމަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ އަލްފާޟިލް ޢަބްދުﷲ ހަލީލް، އަލްފާޟިލް އަޙްމަދު ރިޟްވާން، އަލްފާޟިލް މުޙައްމަދު ރަޝީދު، އަލްފާޟިލް ޢަލީ ރަމީޒު އަދި އަލްފާޟިލް މުޙައްމަދު މަފާޒު އެވެ.

ސަސްޕެންޝަނަށްފަހު ކައުންސިލަރުން މިއަދު އޮފީހަށް ނިކުތުމުން ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ ވަނީ އެދެބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔައި މާފަތިވެސް އަޅުވާފަ އެވެ.

ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ވަކިކުލަޔަކަށް ވަކިފިކުރަކަށް ބެލުމެއްނެތި ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުރިއެކޭވެސް އެއްގޮތަށް ދެމިތިބޭނޭކަމުގެ ޔަޤީންކަން އަރުވާކަމުގައެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ ކައުންސިލް 3 މަހުގެ ސަސްޕެންޝަންގައި ވަނިކޮށް އެއްވެސް ރައްޔިތަކަށް ހިދުމަތެއް ނުލިބިވާނަމަ ނުވަތަ ދަތިވެގެން ހައްލުނުވެހުރި ކަމެއްވާނަމަ އޮފީހަށް އައިސް އަވަހަށް ރިޕޯޓްކުރުމަށް އެދޭކަމަށާއި އެކަމެއް ވީއެންމެ އަވަހަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާނޭކަމުގައެވެ. މީގެއިތުރުން ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ކަންކަމުގައި ދެފުށްފެންނަ ނިޒާމެއްގެ ދަށުން ފުރިހަމަ މައުލޫމާތު ލިބިދެވޭނެ މަގެއް ހޯދައިދޭނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލް, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުޙަބާ! މަރުޙަބާ! ހިންގާފައިވާ ޖަރީމާތައް ރައްޔިތުންނަށް ހާމަކޮށްދީ!

– 2 މެއި 2018 0