ތަރައްޤީ ބޭނުން އެކަމަކު ނުރައްކަލެއް ނޭދެން

13 އޮކްޓޫބަރު 2020 2

ފޮޓޯ: ޢަބުދުﷲ އިރުޝާން

އަހަރެމެން އިންސާނުން އަބަދުވެސް ކުރިއެރުން ބޭނުންވާނެއެވެ. ތަރައްޤީ ބޭނުންވާނެއެވެ. ހަމައެހެންމެ އެލިބޭ ކުރިއެރުމާ ތަރައްޤީގެ ބޭނުން ކުރެވޭނީ އަހަރެމެން އިންސާނުން ދުޅަހެޔޮ ޞިއްހަތެއްގައި ދެމި ހުރެގެންނެވެ. އާދޭހެވެ، މިދުވަސްވަރަކީ މުޅި ދުނިޔެއަށްވެސް ނުރައްކަލާ ކުރިމަތިވެގެން އުޅޭ ދުވަސްވަރެކެވެ. ކޮންމެބަޔަކުވެސް  މަސައްކަތް ކުރަމުން ދަނީ މި ބަލިމަޑުކަމާއެކު ވެސް ތަރައްޤީ ގެނެވޭތޯއެވެ.

ކޮންމެއަކަސް ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަދުގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ކޮވިޑް ފެތުރިފާ ރަށަކު އުޅުމަށްފަހު، އެހެން ރަށަކަށް އަރާ ނަމަ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކޮށް ސުންކުނަގާ ނަތީޖާ ނުލިބެނީސް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. ބޭނުމަކީ ބަލި ފެތުރުން ހުއްޓުވުމެވެ. އެހެންނަމަވެސް ހިތާމައަކީ ކުންފުނިތަކުގެ ޕުރޮޖެކްޓް ހިންގުމަށްޓަކައި ކަރަންޓީނު ނުވެ އުޅުމުގެ ފުރުޞަތު ލިބިދިނުމެވެ. އެފަދަ މީހުންގެ ފުށުން ކޮވިޑް ބަލި ނުޖެހެނީ ތޯއެވެ. ނުވަތަ އިއްޒަތްތެރިންގެ ފުށުން ކޮވިޑް ނެޖެހޭކަން ސާބިޠުވަނީ ތޯއެވެ.

އަސްލުން އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އިއްޔަ މިރަށަށް ކަރަންޓީނު ނުވެ އިއްޒަތްތެރިން ކޮޅެއް ވަޑައިގަތްވާހަކައެވެ.  އަދި ފެނަކާގެ މުއަށްޒަފުންނާއި ކައުންސިލްގެ ރައީސްފަދަ ޝަރަފުވެރި ފަރާތްތަކާ ކޮންޓެކްޓުވި ވާހަކައެވެ. އެ އިއްޒަތްތެރިން ވަޑައިގެންނެވީ އެޗްޕީއޭގެ ހުއްދަލިބިގެންނެވެ. ނަމަވެސް ފޮޓޯތަކުން ފެންނަނީ ގައިޑްލައިނާ ޚިލާފުވެފައިވާ މަންޒަރުތަކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުން ނުރައްކަލަށް ހުށައެޅިގެން ދާނެކަމެކެވެ.

ސިޔާސީ ގޮތުން ކަމެއް ދައްކާ ޕުރޮމޯޓް ނުކުރާނަމަ، މިހާލަތުގައި ބިންގާ އެޅުމަށް ބަޔަކު ގެނެސްގެން ބިންގާ އެޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އާދޭހެވެ. ރަށަށް ތަރައްޤީއެއް އަންނަނަމަ އަހަރެން އުފާކުރަމެވެ. އިންޖީނުގެ ވިޔަސް ނުވަތަ އެހެންތަނެއްގައި ބިންގާއަޅަން ބަޔަކު ގެނެސްގެން ބިންގާނޭޅިއަސް އެ އިމާރާތް އެޅުން ކުރިއަށް ނުގެންދެވޭނެ ސަބަބެއް އަހަރެން ނުދެކެމެވެ. އަހަރެންގެ ދުއާއަކީ މި އަމަލުގެ ސަބަބުންވިޔަސް ރަށުގެ ރައްޔިތުންނަށް ނުރައްކަލާ ކުރިމަތި ނުވެ އަހަރެމެން ސަލާމަތްވެ އަމާންވެގެން ދިޔުމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އާސިމް!!! ތިބުނެފައިވާ ކޮންޓެކުޓުވި ވާހަކަ ބަލައެއް ނުގަނެވޭ !!!!!
ކޮންޓެކުޓުވުމުގެ ތެރޭގަ ހަމަ ހިމެނޭނެ މީހަކާ ބައްދަލުވެ ވާހަކަ ދައްކާ، ނުވަތަ މީހުން ކައިރީގަ އުޅެ ގައިގޯޅިވެ ނުވަތަ ވަކި ދުރުމުނެއްގެ ތެރޭގައި އުޅުމުން....... އެކަމަކު.....
ކޮވިޑުގެ ހާލަތުގައި ކޮންޓެކުޓޭ މިކިޔަނީ ކޮވިޑަށް ފައްސިވި މީހަކާ ވަކި ދުރުމިނެއްގެ ތެރޭގައި އެޅެވި ވާހަކަދެކެވި ، ގައިގޯޅިވެ އުޅެވުމުން.........
ހަމަ ގާމުވެސް، ރަށަށް ދިޔަ މީހުންނާއި ރަށުގައި ތިބިމީހުން، މި ދެ ގުރުޕުގެ ތެރޭގައި މިހާރު ކޮވިޑަށް ފައްސި މީހަކަށް ނުހުރެވޭނެކަން ޔަގީން. ދ
ވާހަކަ އަކީ ކޮވިޑުގެ މިހާލަތުގައި ކޮންޓެކުޓޭ މި ކިޔަނީ ކޮވިޑަށް ފައްސި ވެފައިވާ މީހަކާ ވަކި ދުރުމިނެއްގެ ތެރޭގައި ކާރިން އުޅެވިފައި ހުރުމުން!!!!!!މާލެއިން ދަތުރު ކޮަށް ރަށަށް ދިޔަ މީހުންނާއި ރަށުގައި ތިބި ފެނަކައިގެ މުވައްޒަފުންނާ އަދި ކައުންސިލުންގެ ތެރޭގައި ފައްސިވި ފަރާތެއް ވޭތޯ ބަލާފަތަ ލިޔުން ލިޔުނީ. އާސިމް މި ބުނެފައިވާ އެއްޗަކީ "އަސްލުން އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އިއްޔަ މިރަށަށް ކަރަންޓީނު ނުވެ އިއްޒަތްތެރިން ކޮޅެއް ވަޑައިގަތްވާހަކައެވެ.  އަދި ފެނަކާގެ މުއަށްޒަފުންނާއި ކައުންސިލްގެ ރައީސްފަދަ ޝަރަފުވެރި ފަރާތްތަކާ ކޮންޓެކްޓުވި ވާހަކައެވެ.".....
މިހެން މި ލިޔެފައިވަނީ ރިފަރެންސް އެއްވެސް ނުދީ!!! ކަރަންޓީނުވުމުގެ އިތުރަށް އަދި އިހަވަންދުއަށް ދިޔަ މީހުން ކޮވިޑުގެ ޓެސްޓު ހެދިތޯ، ހެދިނަމަ އެމީހުންގެ ޓެސްޓުގެ ނަތީޖާގެ މައުލޫމަތު ހޯދިންތޯ!!! އާސިމް! ފައްސިވި މީހެއް ހުރިނަމަ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނުރައްކަލެކޭ، ނުރައްކަލެކޭ ކީމަ އޯކޭ. އެކަމަކު ހަމަ ރިފަރެންސް އެއް ނެތީމަ ދެން އަސްލު ވަރަށް ކަޑައޭ!!

ފުރަތަމަ އިން، ޢަބުދު ﷲ އިރުޝާންގެ ފޮޓޯގެ ޕޮއިންޓު އޮފް ވިއު ގައި އެމީހުން ތިބީ ކާރީގައި ކަމަށް ދައްކައި. އެހެން ޕޮއިންޓު އޮފް ވިއުއަކުން ބަލާފިނަމަ އެމަންޒަރު ތަފާތު ވާނެ.
އާސިމް އެބުނާ މަންޒަރު ދެއްކުމަށް، ތިލިޔުމަށް ހާއްސަކޮށް އެ ފޮޓޯ ބޭނުންކޮށްފައިވާ ފޮޓޯއެއް ކަމަށް ބެލެވޭ!!! ޢަބުދު ﷲ އިރުޝާން ފޭސްބުކަށް ޕޯސްޓު ކޮށްފައިވާ އިތުރު އެހެން ފޮޓޯ ތަކުން އެ ބުނާ މަންޒަރެއް ނުފެނޭ ، އެ ފޮޓޯތަކުގައި ފެންނަ ގޮތުން މާލެއިން އިހަވަންދުއަށް ދިޔަ މީހުންނާއި ރަށުގައި ތިބި އެހެން މީހުންނާ ދެމެދު ހުރި ދުރުމިން ރަނގަޅު..... So asim, I just think you are exaggerating the facts

– 14 އޮކްޓޫބަރު 2020 1

Haha

– 14 އޮކްޓޫބަރު 2020 1