ތައުޙީދުއްރުބޫބިއްޔާ އާއި ތައުޙީދުލްއުލޫހިއްޔާގެ ފަރަޤު / ދަލާއިލުއް ތައުޙީދި - 10 — Ihavandhoo.com

ތައުޙީދުއްރުބޫބިއްޔާ އާއި ތައުޙީދުލްއުލޫހިއްޔާގެ ފަރަޤު / ދަލާއިލުއް ތައުޙީދި - 10

15- ތައުޙީދުއްރުބޫބިއްޔާއާ ތައުޙީދުލްއުލޫހިއްޔާގެ ދެމެދުގައިވާ ފަރަޤަކީ ކޮބާ؟

ޖަވާބު: ތައުޙީދުއްރުބޫބިއްޔާގެ ތެރޭގައި ހިމެނެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވަވާ ކަންތައްތަކެވެ. މިސާލަކީ އުފެއްދެވުމާއި، ރިޒްޤުދެއްވުމާއި، ދިރުއްވުމާއި މަރުގެންނެވުމާއި، ވާރޭ ވެއްސެވުމާއި، ގަސްގަހާގެހި ފެޅުއްވުމާއި، ކަންތައްތައް ތަދުބީރުކުރެއްވުމެވެ.

ތައުޙީދުލް އުލޫހިއްޔާގައި ހިމެނެނީ އަޅުން ކުރާ ކަންތައްތަކެވެ. މިސާލަކީ ދުޢާކުރުމާއި، ބިރުވެތިވުމާއި، އުއްމީދުކުރުމާއި، އިތުބާރުކުރުމާއި (ވަކީލުކުރުމާއި)، ތައުބާވުމާއި، ހެޔޮއެދުމާއި، ބިރުގަތުމާއި، ނަޛްރުބުނުމާއި، ސަލާމަތާއި ނަޞްރަށް އެދުމާއި، އަދި މިނޫންވެސް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންތައްތަކެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ