ތަޢުލީމީ ދާއިރާގެ ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމަށް މި ވަނީ ކިހިނެއް؟ — Ihavandhoo.com

ތަޢުލީމީ ދާއިރާގެ ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމަށް މި ވަނީ ކިހިނެއް؟

19 ޖެނުއަރީ 2015 3

ނަތިޖާ ހާޞިލްކުރުމަށް އަމާޒު ހިފާފައިވާ އޮފީސްތަކުން އަވަސް ނިންމުންތައް ނިންމަންޖެހެއެވެ. އަދި މުވައްޒަފުންގެ ތަފާތު ފަންތި ތަކުގެ މެދުގައިވާ ހުރަސް ކުޑަ ކޮށް މަސައްކަތުގެ މާހައުލުގައި ބަދަހި ގުލުން އުފައްދަންޖެހެއެވެ. އެހެންކަމުން، ތަޢުލީމީ ދާއިރާގެ ޑެޕިޔުޓީ ޕްރިންސިޕަލުންގެ މަޤާމަކީ މި ކަންކަމަށް އޮތް ހުރަހެއްކަމަށް ވަނީ، އެފަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ގިނަ ފަހަރަށް ސްކޫލުތަކުގު ދިރާސީ ކަންކަމުން ދުރުވެ، އިދާރީ މަސައްކަތްތައް ރަސްމީ ސިފައެއްގައި ކުރަމުން ދާތީއެވެ. މިގޮތުން ބަލާއިރު، ސްކޫލުތަކުގެ މުވައްޒަފުންގެ ކަންތައް އިސްކޮށް ބެލެހެއްޓުމާއި، ސްކޫލުތަކުގެ މެއިންޓެނަސް އިސްކޮށް ބެލެހެއްޓުމާއި އަދި ސްކޫލުތަކުގެ ބަޖެޓު ފަދަ މަސައްކަތްތައް ބެލެހުން ހިމެނިގެންދެއެވެ.  އަދި އޮފީހުގެ އިދާރީ އޮނިގަޑުގައި އިތުރު ލޭޔަރ އެއް އުފެދި ވެރި މީހާ އާއި މުވައްޒަފުން ދުރުކޮށްދީ ، އެތެރޭގެ މުވާސަލާތަށް ބުރުއަރައެވެ. ދެން އުފެދޭ ސުވާލަކީ ޑެޕިޔުޓީ ޕްރިންސިޕަލުންގެ މަޤާމަކީ އިދާރީ މަސައްކަތްތައް ކުރާ މަޤާމަކަށް ވީ ގޮތާ މެދެ ކުރެވޭ ސުވާލެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ތާކުންތާކު ނުޖެހޭ ސިޔާސަތުން އިދާރީ މަސައްކަތްކުރަން ޑެޕިޔުޓީ ޕްރިންސިޕަލުންނަށް ބާރު ދެއެވެ. އަދި ޒަމާނުންސުރެން ޑެޕިޔުޓީ ޕްރިންސިޕަލުން ހިންގަމުން އައި ސްކޫލުތަކަށް، ކޮންމެވެސް ގޮތްނޭނގޭ ސިޔާސަތު ތަކެއްގެ ތެރެއިން ބިދޭސީން ނާއި ސްކޫލުތައް ހިންގުން މިނިސްޓްރީން ޙަވާލުކުރަން ފެށުމުން، "ޒިންމާ އިން ރެކެން" އެޅި ފިޔަވަޅެއްގެ ގޮތުގައި ޑެޕިޔުޓީ ޕްރިންސިޕަލުން އިދާރީ މަސައްކަތްތައް ކުރަން ފެށިއެވެ. މިހެންވާންޖެހުނު މައިގަޑު ސަބަބަކީ މުސާރަ އާއި ޒިންމާތައް އަޅާކިޔުމުގައި ބަލައިގަންނަށް އުނދަގޫ ކަންތައްތަކެއް މިއަދާ ހަމައަށްވެސް ހުރި ކަމެވެ.

ހަޤީޤަތަކީ ސްކޫލުތަކުގެ 85 އިންސައްތަ ވަގުތާއި ވަޞީލާތްތައް ބޭނުންކުރެވެނީ ސީދާގޮތުން ކިޔަވާއިދިނުމާއި ގުޅުން ހުރި މަސައްކަތްތަކަށް ވާކަމެވެ. އެހެންކަމުން، ސްކޫލަށާއި މުޖުތަމަޢުއަށްވެސް އެންމެ ފައިދާ ބޮޑު ގޮތަށް ވާނީ ދިރާސީ ކަންތަކުގައި އިންސާނީ ވަޞީލަތްތައް މަސްޢޫލުކުރުން ކަން ކަށަވަރެވެ. އެހެންކަމުން، ޑެޕިޔުޓީ ޕްރިންސިޕަލުންނާއި އަދި ލީޑިންގެ ޓީޗަރުންގެ ބޭނުން ނަތީޖާ ހާޞިލްކުރުމަށް ހިފަންޖެހެއެވެ.

ކުއްލިގޮތަކަށް ސްކޫލުތަކުގެ އިދާރީ އޮނިގަޑު ބަދަލުކޮށް ސްޓާޕް ރިކުއަރމެންޓު 2015 އަށް ބަދަލުގެނެސް ޑެޕިޔުޓީ ޕްރިންސިޕަލުންގެ މަޤާމު "މާ ނޫން" ގޮތަކަށް ސަރުކާރުން އުވާލަށް ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އިންސާނީ ކަރާމަތާއި ހައްޤަށް އުނިކަން ގެނުވާނެ މިފަދަ އުޞޫލުތަކަށް ތާޢީދުކުރެވޭނެ ހަމަ އެއް ގޮތެއްވެސް ނޯންނާނެއެވެ. ޓީޗަރުންގެ މުސާރަބޮޑުކުރުމުގެ ނިޔަތުގައި، ޑެޕިޔުޓީ ޕްރިންސިޕަލުން ޤުރުބާން ކުރަންޖެހޭ ވަރަށް މި ޤައުމުގެ ކަންތައްތައް ހިނގައްޖެތޯ މިހާރު ސުވާލުކުރަންޖެހެއެވެ؟ ސަރުކާރުގެ ސިޔާސަތު ތައް ސީދާ ގޮތެއްގައި ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ހާމަކުރަން މިސަރުކާރުން ޖެހިލުންވަނީ ކީއްވެތޯއެވެ؟ އެހެނީ، ހަރުދަނާ ސިޔާސަތެއްގެ ތެރެއިން، ޑެޕިޔުޓީ ޕްރިންސިޕަލުންގެ މަޤާމު އުވާލުމަކީ މައްސަލައަކަށް ނުވާނެކަން ރައްޔިތުން ބަލައިގަންނާނެކަން ކަށަވަރެވެ. އިޤްތިޞާދީ މާހިރެއް މި ޤައުމުގެ ވެރިޔާގެ ގޮތުގައި ހުންނަވާ ވަގުތު، މިފަދަ ޙަބަރުތަކުން ރައްޔިތުން މާޔޫސްކުރުވާ ކަން އަޅުގަނޑުމެން ނަށް ޤަބޫލުކުރެވެއެވެ.

ޑެޕިޔުޓީ ޕްރިންސިޕަލުންގެ ކުރިމަޤާއި ތަމްރީނަށް ސަރުކާރުތަކުން ކޮށްދެވުނީ ކޮންކަމެއްތޯއެވެ؟ ޓާމު ބަންދުގައި ހަފުތާއެއްގެ ވޯކްޝޮޕްތައް ބޮޑު ޙަރަދުތައް ކޮށްގެން އިންތިޒާމު ކުރުމުގެ ބަދަލުގައި ސަރުކާރުތަކުން ސިޔާސަތެއްގެ ތެރެއިން މި ބޭފުޅުންނަށް ރަސްމީ ތަމްރީނެއް ހިލޭ ފޯރުކޮށްދެވުނު ނަމަ، ހަރުދަނާ ގޮތެއްގައި މުލި ތަޢުލީމީ ނިޒާމު ކުރި އަށް ދިޔައީސްކަން ކަށަވަރެވެ. އެހެންކަމުން، ތަޢުލީމީ ދާއިރާގެ ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމަށް މިވާ ގޮތް އެފަދަ މަޤާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް ސާފުކޮށް އޮޅުން ފިލުވައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް އިއުތިމާސްއެއް ދަންނަވަމަވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ލާދީނީ ސަރުކާރުތަކުންއުޅޭނީ މިކަހަލަ މަޤާމްތައް އުވާލާ ކުޅިވަރާއި މަޖަލަށް ހުރިހާކަމެއް ހުސްކުރަން․ އިސްތިޤުފާ․ޔާންޓޭ․

– 19 ޖެނުއަރީ 2015 0

މިއީ ވަރަށް މުހިއްމު ވާހަކައެއް․ އެންމެން ވާ ނުވާ ނޭގި މި ތިބެނީ․ ޑެޕިޔުޓީން ލައިބުރޭރިއަން އަށް ބަދަލުކުރަނީ․

– 20 ޖެނުއަރީ 2015 0

މުދައްރިސުންނަށް ހަމަ ސަރުކާރުތަކުން ޖެއްސުން ކުރަނީ․

– 22 ޖެނުއަރީ 2015 0