ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑްދީފި — Ihavandhoo.com

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑްދީފި

30 ނޮވެމްބަރު 2016 1

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑްދިނުމުގެ ޙަފުލާގެ ތެރެއިން. – ފޮޓޯ: ހއ އަތޮޅު ކައުންސިލް

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ދެމުންއަން ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ. މިމަހުގެ 27 ވަނަދުވަހުގެރޭ ހއ. ދިއްދޫގައި ބޭއްވި މިރަސްމިއްޔާތުގައި ޖުމްލަ 54 ފަރާތަކަށްވަނީ އެކިއެކި ދާއިރާތަކުން އިނާމުދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ އަދި ވިލާ ފައުންޑޭޝަންގެ ޗެއަރމަން އޮނަރަބްލް ޤާސިމް އިބްރާހިމް ޝަރަފުވެރިކޮށްދެއްވި މިހަފްލާގައި އެބޭފުޅާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެހެން އަތޮޅުތަކުންވެސް ހއ އަތޮޅުތައް ނަމޫނާއަކަށް ބައްލަވައިގެން މިފަދަ ހަފުލާތައް ބޭއްވުމަށް އެދި ވަޑައިގެންނެވިއެވެ. މިއީ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑްގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ބޭއްވި 2 ވަނަ އެވޯޑް ޙަފްލާއެވެ.

އެންމެހިންގުންތެރި ކައުންސިލްތަކަށް ދެވޭ އެވޯޑްގެ އެއްވަނަ މިފަހަރު ޙާސިލްކޮށްފައިވަނީ ކެލާ ކައުންސިލެވެ. ހޯރަފުށީ ކައުންސިލް ދެވަނަ ޙާސިލްކުރިއިރު ތިންވަނަ ޙާސިލްކުރީ ބާރަށު ކައުންސިލެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށްދެވޭ ޝަރަފްވެރިކަމުގެ އެވޯޑް މިއަހަރު ޙާސިލް ކުރައްވާފައި ވަނީ ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިގެން ހއ. ކެލާ ބިޖިލީގޭ އަލްފާޟިލާ ޝަކީލާ ޙާމިދެވެ.

ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އެވޯޑް ޙާސިލްކުރެއްވީ ޑރ.މަރިޔަމް ޝަހުނީޒާ ނަޞީރު ތިލަދޫ ހއ. ދިއްދޫ، ޢަބްދުއް ލަތީފު މުޙައްމަދު ފުނަމާގެ ހއ. ދިއްދޫ އަދި ކެލާޔޫތު ފޯރަމް ޖަމާޢަތެވެ.

ހއ.އަތޮޅު ކައުންސިލް, ހއ. ދިއްދޫ, ހއ ބާރަށް, ހއ. ހޯރަފުށި, ހއ. ކެލާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ މީހަކު ނެތްތަ؟

– 30 ނޮވެމްބަރު 2016 0