ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑްދީފި

4 ޑިސެމްބަރު 2017 0

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ދެމުންއަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ. ރޭ ހއ ދިއްދޫ ދެކުނު ބަނދަރު ސަރަހައްދުގައި ބޭއްވި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އޮވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެކި ފަރާތަތްކަށްވަނީ އެކިއެކި ދާއިރާތަކުން އެވޯޑްދީފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޝަރަފުވެރިކޮށްދެއްވި މިހަފްލާގައި އެބޭފުޅާ ދެއްކެވި ވާހަކަފުޅުގައި، ހއ. އަތޮޅު ކައުންސިލުން ދެއްކި ނަމޫނާ ރާއްޖޭގެ އެހެން ކައުންސިލްތަކުން ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދިނުމުގައި ޓްރާންސްޕޭރެންޓް ވާންޖެހޭ ބައެއް ކަމަށާއި ހއ. އަތޮޅު ކައުންސިލަށް މިދިޔަ އަހަރު ލިބުނު (މައުލޫމާތު ހާމަކުރުމުގެ) ރަން ވަނައަކީ ޑިމޮކްރަސީގެ މުހިއްމު އެއް އަސާސް ކަމަށްވާ ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ކުރުމުގައި އެ އަތޮޅު ކައުންސިލުން އިސްކަންދޭ ކަމުގެ އަލިގަދަ ދަލީލު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެހެން ކައުންސިލުތަކުން އެ ނަމޫނާ ބަލަންޖެހޭ ކަމަށް އަޒީޒް ވިދާޅުވިއެވެ.

މިއީ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑްގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ބޭއްވި 3 ވަނަ އެވޯޑް ޙަފްލާއެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މި އެވޯޑް ދިނުމުގެ މަގްސަދަކީ ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ހދ. އަތޮޅުގެ ޝަރަފުވެރިންގެ އަގު ވަޒަން ކުރުމެވެ.

*****************************************************

އިނާމް ލިބިފައިވާ ފަރާތްތައް:

ހިތްވަރު ދިނުމުގެ އިނާމް(ކުޅިވަރުގެ ދާއިރާއިން): މުހައްމަދު ރަޝީދު، މާޒީ/ ހއ. ދިއްދޫ

ހއ. އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ރިސޯޓް: ޖޭ.އޭ މަނަފަރު ރިސޯޓު

ހއ. އަތޮޅުގެ ކްލަބް/ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ޖަމިއްޔާ: ކެލާ ޔޫތު ފޯރަމް

ހއ. ކައުންސިލްގެ ތެރެއިން ދެވަނައަށް އެންމެ ހިންގުންތެރި ކައުންސިލް: ތިލަދުންމަތީ ކެލާ ކައުންސިލް

ހއ. އަތޮޅު ޤްރުއާން މުބާރާތުގެ އެންމެ މޮޅު އަށް ދަރިވަރުން:

1)    ނުޒުލާ އިސްމާޢީލް ރަޝީދު، ފެހިއާރު، ހއ. ދިއްދޫ

2)    ޢާއިޝަތު ނަބީހާ އަމީން، ކާނިގަސްދޮށުގެ، ހއ. ކެލާ

3)    ޒުމްރާ އަޙުމަދު، ސާވަން، ހއ. ދިއްދޫ

4)    ރާއިފް މުޙައްމަދު ރަފީޢު، ގްރީންހެވަން، ހއ. ހޯރަފުށީ

5)    ޢާއިޝަތު ޝަރުފާ، ނޫވިލްގެ، ހއ. ހޯރަފުށީ

6)    އަޙުމަދު ޝުޖާޢު، ތޯތާއާގެ، ހއ. ހޯރަފުށީ

7)    މަރްޔަމް މަހާ މުޙައްމަދު، މާޒީ، ހއ. ދިއްދޫ

8)    އައުލާ އަޙުމަދު ޝާކިރު، ސަންޝައިން، ހއ. ދިއްދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް (އެސްއެސްސީ): ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ

މަރްޔަމް އީމާ ޢަލީ، އަލިރެސް، ހއ. ހޯރަފުށީ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: ޞަފިއްޔާ ޙަސަން/ ރޯޒްމީޑް / ހއ. މުރައިދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: މިބްސާމް ޙަސަން ޒަރީރު / ޖީޒާގެ/ ހއ.ކެލާ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: ހައްވާ ނަޖްލާ/ ވައިޓްސިގްނަލް/ ހއ.ވަށަފަރު

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: އާމިނަތު މިރުސާ/ ނޫރީގެ/ ހއ.އުތީމް

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: ފާތިމަތު ނަހުދާ/ ހުދުފިނިފެންމާގެ / ހއ. ފިއްލަދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: ޝައްމާ ޢަބުދުއްސައްތާރު/ ހއ.ދިއްދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: ރަހާ މުޙައްމަދު ރަޝީދު / އަމީނާމަންޒިލް/ ހއ.ދިއްދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: ޢައިޝަތު ޒަހާ / ވާދީ / ހއ. ހޯރަފުށި

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: މަރްޔަމް އީމާ ޢަލީ / ޒަހާ / ހއ.ހޯރަފުށި

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 1 ވަނަ: އާމިނަތު އީމާ / މުތީގެ / ހއ.ދިއްދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 2 ވަނަ: ޙައްޔާން އަބުދުލްކަރީމް / ވާދީ / ހއ.ތަކަންދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 3 ވަނަ: މުހައްމަދު ޝަމްވީލް / ނޫރަންމާގެ / ހއ.އިހަވަންދޫ

ކައުންސިލުންދޭ ޚާއްޞަ އިނާމް: 2016 ވަނައަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ 10 ދިހައެއްގެ 2 ވަނަ: އިޔާން ޢަހުމަދު ރަޝީދު/ މާގަސްދޮށުގެ/ ހއ. މުރައިދޫ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމް(ޑިގްރީންމަތި):

އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ޑޮކްޓަރ އޮފް އެޑިއުކޭޝަން ޙާޞިލް ކުރައްވާފައި ވާތީ: މަރްޔަމް ޝަހުނީޒާ ނަޞީރު، ތިލަދޫ ހއ. ދިއްދޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2016 ވަނަ އަހަރު ހިންގި މާސްޓަރ އޮފް އާރޓްސް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ ކޯހުން 1 ވަނަ: ޢާޠިފާ ޒަކަރިއްޔާ، ނޫރަލީގެ ހއ.މާރަންދޫ

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އިން 2014 ވަނަ އަހަރު ހިންގި ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ވިތް އޮނާރސް ކޯހުން ޑިގްރީ ކޯހުން 1 ވަނަ: ޚަދީޖާ ލީޒާ، ނިވައިދޮށުގެ, ހއ.ކެލާ

ހއ.އަތޮޅު ކައުންސިލް, ހއ. އުތީމް, ހއ. ވަށަފަރު, ހއ. މާރަންދޫ, ހއ. މުރައިދޫ, ހއ. މޮޅަދޫ, ހއ. ފިއްލަދޫ, ހއ. ދިއްދޫ, ހއ. ތަކަންދޫ, ހއ. ތުރާކުނު, ހއ.އުލިގަމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ