ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑު ދިނުމުގެ ޖަލްސާ ބާއްވައިފި — Ihavandhoo.com

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑު ދިނުމުގެ ޖަލްސާ ބާއްވައިފި

24 ނޮވެމްބަރު 2019 0

ހއ. އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯރޑު ދިނުމުގެ ޖަލްސާ ބާއްވައިފި އެވެ.

ރޭ ބޭއްވި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯރޑު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އެވެ.

މިރަސްމިއްޔާތުގައި ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށުކައުންސިލްތަކުގެ އިސްވެރިންނާއި ދިއްދޫގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ ވެރިންގެ އިތުރުން ހއ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި އެކި ދާއިރާތަކުން ހއ. އަތޮޅުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރީންގެ އަގުވަޒަންކޮށް އިނާމު ދީފައިވެއެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގައި މިފަހަރު ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ޚާއްޞަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު، ޚާއްޞަ ޚިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ މި އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން އަތޮޅަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވަމުން ގެންދަވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކްލަބު ޖަމުޢިއްޔާތައް ހިމެނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ