ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު އެއްވެސް އިދާރާ އަކުން ދީފައެއް ނުވޭ: މެޓް އޮފީސް

28 ނޮވެމްބަރު 2017 0

އިހަވަންދޫއަށް މީގެ ކުރިން ކުރި ވިއްސާރައެއްގައި ވެއްޓިފައިވާ ގަހެއް

އަންނަ ޑިސެމްބަރ މަހުގެ ހަތަރު ވަނަދުވަހު ރާއްޖެ ހިމެނޭ ސަރަޙައްދަށް ތޫފާނެއް އަންނާނެކަމުގެ އިންޒާރު މިސަރަޙައްދުގެ ކަމާބެހޭ އެއްވެސް އިދާރާ އަކުން ދީފައި ނުވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

ރާއްޖެ ހިމެނޭ ސަރަހަށްދުގައި ތޫފާނެއް އުފެދިދާނެކަމުގެ އިންޒާރު ދީފައިވާކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ހަބަރު ފަތުރާފައި ވަނިކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިރޭ ބުނީ ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން 24 ގަޑިއިރު މޫސުމާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ހިއްސާކުރަމުން ގެންދާ ކަމަށާއި ރާއްޖޭގެ ސަރަޙައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތްނަމަ ފުރަތަމަ އެ އިދާރާއިން ދުރާލާ އެމަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މިސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި މީޑިއާ ތަކުން މޫސުމާއި ބެހޭ މަޢުލޫމާތު ހާމަކުރާއިރު މެޓް އޮފީހާއި މަޝްވަރާކޮށް ސައްހަ މަޢުލޫމާތާއި ޚަބަރު ފެތުރުއްވުމަކީ ރައްޔިތުންނަށް އޭގެ އެންމެފައިދާ ބޮޑުވާނެގޮތް ކަމަށްވެސް މޫސުމާއި ބެހޭ އޮފީހުން ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ