އުލިގަމާއި ބާރަށުން ގޯތި ދޫކުރަނީ — Ihavandhoo.com

އުލިގަމާއި ބާރަށުން ގޯތި ދޫކުރަނީ

25 ފެބުރުއަރީ 2016 0

ހއ. އުލިގަމާއި ބާރަށުން ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެދެރަށުގެ ކައުންސިލުން އިއުލާންކޮށްފިއެވެ.

އުލިގަމު ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާގޮތުން އެރަށުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 18 ގޯއްޗެވެ. އަދި ބާރަށު ކައުންސިލުން އިއުލާނު ކޮށްފައިވާ ގޮތުގައި އެރަށުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 70 ގޯއްޗެވެ.

ބާރަށު ކައުންސިލުން އެކަމާއި ގުޅިގެން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ގޯއްޗަށް އެދޭފޯރމް އެއްމެހާ ލިޔެކިޔުންތަކާއި އެކު  އަންނަ މާޗް މަހުގެ 14 ވަނަދުވަހުގެ 13:30 ގެކުރިން އެއިދާރާއަށް ހުށަހަޅަން ޖެހެއެވެ. އަދި އުލިގަމު ކައުންސިލުން އެކަމާއި ގުޅިގެން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ގޯއްޗަށް އެދޭފޯރމް އެއްމެހާ ލިޔެކިޔުންތަކާއި އެކު  އޭޕްރީލް މަހުގެ 17 ވަނަދުވަހުގެ 13:00 ގެކުރިން އެއިދާރާއަށް ހުށަހަޅަން ޖެހެއެވެ.

އެދެރަށުގެ ކައުންސިލުން ގޯތިދޫކުރުމަށް ކޮށްފައިވާ އިއުލާނުގެ ދަށުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ގޯއްޗަށްއެދި ކުރިމަތި ލެވިދާނެއެވެ.

ހއ ބާރަށް, ހއ.އުލިގަމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ