ޔުނިޓެޑް ޔޫތުން ޗެމްޕިއަންކަން ހޯދައިފި — Ihavandhoo.com

ޔުނިޓެޑް ޔޫތުން ޗެމްޕިއަންކަން ހޯދައިފި

27 ޑިސެމްބަރު 2015 1

އިހަވަންދޫ ދާއިރާގެ މަޖިލިސްމެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅުނު 9 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތް ޔުނައިޓެޑް ޔޫތުން ކާމިޔާބުކޮށްފިއެވެ. އެޓީމުން މިމުބާރާތް ކާމިޔާބުކުރީ ރޭ އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މާރަންދޫ ޔޫތް ކޯޕަރޭޝަން 2-0 އިން ބަލި ކޮށްގެންނެވެ.

ރީތިކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ ފުރަތަމަ ލަނޑު ޔުނައިޓެޑް ޔޫތުން މެޗުގެ 5 ވަނަ މިނެޓްގައި އެޓީމްގެ ޖާޖީނަންބަރު 2 ކާމިޔާބުކުރި އިރު އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓްގައި ޖަޒީނަންބަރު 3 ސަބީންއެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅެމުންދިޔަ މާރަންދޫ ޔޫތް ކޯޕަރޭޝަނަށް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތައް ބޭކާރު ވެގެން ދިޔައިރު ޔުނައިޓެޑް ޔޫތަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެޓީމް ހިފިކަން ފާހަގަ ކޮށްލެވެއެވެ. މެޗް ނިމެންދަނިކޮށް މާރަންދޫ ޔޫތް ކޯޕަރޭޝަނަށް ލިބުނު ޕެނަލްޓީވެސް ޖަހާފައިވަނީ ގޯލުން ބޭރަށެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މުބާރާތުގެވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނު ޔުނައިޓެޑް ޔޫތުގެ ޖާޒީ ނަންބަރު 10 އާމިރު އަބުދުއް ރަޝީދެވެ.

ވިލި މާފަންނު ދާއިރާގެ އިއްޒައްތެރި މެމްބަރު ނިހާން ފައިންލް މެޗް ޝަރަފްވެރި ކޮށްދިންއިރު ފައިނަލް މެޗްގެ ރެފްރީކަން ކޮށްފައިވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

މައިކަޕް 2015, ކްލަބް ޕޯލްސްޓާރ, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރިޝްވަތު ދީގެން

– 27 ޑިސެމްބަރު 2015 0