ވޭތުވެދިޔަ 5 އަހަރު އަޅުގަނޑުވާނީ ތަރައްޤީ ހާސިލްކޮށްދިނުމަށް ގިނަ މަސައްކަތް ކުރެވިފަ – މުހައްމާ — Ihavandhoo.com

ވޭތުވެދިޔަ 5 އަހަރު އަޅުގަނޑުވާނީ ތަރައްޤީ ހާސިލްކޮށްދިނުމަށް ގިނަ މަސައްކަތް ކުރެވިފަ – މުހައްމާ

12 މާރިޗު 2019 4

ވޭތުވެދިޔަ ފަސްއަހަރު އިހަވަންދޫ ދާއިރާއަށް  ތަރައްޤީ ހާސިލްކޮށްދިނުމުގައި ގިނަ މަސައްކަތް ކުރެވިފައި ވާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ. މުހައްމާ މިހެން ވިދާޅުވީ ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުހައްމާވަނީ އެބޭފުޅާ ގެނައުމަށް މަސައްކަތްކުރެއްވި ތަރައްޤީގެ ބައެއް މަސްރޫއު ތަކާއިމެދު އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އެބޭފުޅާ ވިދާޅުވީ، އިހަވަންދޫ ދާއިރާގެ އެންމެބޮޑު ރަށް ކަމަށްވާ އިހަވަންދޫއަށް ވާނީ ނަރުދަމާއެޅި، ފެނުގެ ހިދުމަތްދެވި، ސިއްޙީމަރުކަޒު ބޮޑުކުރެވި، ސްކޫލްގެ އިމާރާތެއްއެޅި، ބޭންކް އެޅި އަދި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގައި އެތައް މަސައްކަތެއްކުރެވި އެކަންކަން ފަހިކުރެވިފައިކަމަށް ވިދާޅުވިއެވެ. އަދި އިތުރުރަށް ވިދާޅުވީ މާރަންދޫ ރަތްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވި އިންޖީނުގެ އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވާނީ ކުރެވި ތަންފީޒް ކުރެވިފައިކަމުގައެވެ. އަދި މާރަންދޫފެ ފުޓްސެލް ދަނޑުވެސް އެޅިފަވާކަން ފާހަގަކުރައްވާ މުހައްމާ ވިދާޅުވީ މޮޅަދޫގެ ރައްޔިތުން އެންމެ ކަންބޮޑުވި ކަންތައްތަކަށް ހައްލު ހޯއްދެވުމަށްވެސް ވަރަށްފުރިހަމައަށް މަސައްކަތް ކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ.

"އެތަޖްރިބާގެ އަލީގަ، މިއަދު އަޅުގަނޑުމެނަށް ލިބިފައިމިވާ މިސަރުކާރު ގެނައުމުގަ، އެންމެ ބުރަކޮށް މަސައްކަތްކުރެވުނު މީހާކަމަށްވީހިނދު، މިސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑަށްވުރެ ވަކިން މިތަނުން ޤާބިލްކަމާއިއެކު މަސައްކަތްކުރެވޭނެ ކެނޑިޑޭޓެއް ނެތްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" މުހައްމާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބް 2019, މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ ދާއިރާގެ އެންމެބޮޑު ރަށް ކަމަށްވާ އިހަވަންދޫއަށް ވާނީ ނަރުދަމާއެޅި، ފެނުގެ ހިދުމަތްދެވި، ސިއްޙީމަރުކަޒު ބޮޑުކުރެވި، ސްކޫލްގެ އިމާރާތެއްއެޅި، ބޭންކް އެޅި އަދި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގައި އެތައް މަސައްކަތެއްކުރެވި އެކަންކަން ފަހިކުރެވިފައިކަމަށް ވިދާޅުވިއެވެ. Wow. Muhammaa mee kudakuda sarukaareh dhoa?

– 12 މާރިޗު 2019 0

ނެތްތޯ ބަހުސްގެ ރިޕީޓް ބަލާލެވޭނެ ގޮތެއް، އޮތިއްޔާ ކޮމެންޓް ކޮއްލަދިނުން އެދެން

– 13 މާރިޗު 2019 0

ހޮވުނީ ޖޭޕީގެ ޓިކެޓުގަ․ ލާރިކޮޅަކަށް ވިކި ދެން ދިޔައީ ޕީޕީއެމް އަށް․ އަނެއްކާވެސް ވިކުނީ އެމްޑީޕީ އަށް․ މިހާރު ތިބުނަނީ ތީ މިނިވަނެކޭ․ ރައްޔިތުން ނިކަން ވިސްނަވާ ރައްޔިތުން އަތުން ވޯޓު ގަނެގެން މަޖިލީހަށް މެމްބަރު އައީމަ ވާނޭގޮތުގެ ދިރިހުރި މިސާލެއް މިއީ․

– 16 މާރިޗު 2019 1

މުހައްމާ އަކީ ވަރަށް ވިޔާނުދާ މީހެއް، ހޮވުނީމާ އެއްމެ ގާތްމީހުންމަތިން ހަދުމަ ނައްތާލި މަކުރުވެރިޔެއް․ އަދިވެސް ވަރަށް ގިނަ ރައްޔިިތުންނަށް ދޮގު ހަދާފައިވާ މީހެއް․ <br>ދާއިރާ އަށް މުހައްމާ ކޮށްދިން ތަރައްޤީ އެއް ނެތް․ ތައްރައްޤި ކޮށްފައިވަނީ ރައްޔިިތުންގެ މަސައްކަތުން․ ދެން އަސީސީ ހިދުމަތް ފޯރިކޮށްދިނީ ސަރުކާރުން․ <br>މިފަހަރު އެއްމެ ޤާބިލް ކެނޑީޑޭޓަކީ އާދަމް މޫސާ 03

– 22 މާރިޗު 2019 1