ޒިކާ ވައިރަސް ސިންގަޕޫރަށް

31 އޮގަސްޓު 2016 0

ސިންގަޕޫރުގައި ޒިކާ ވައިރަސް ފެތުރެމުން އެބަދެއެވެ. އެގޮތުން އެބަލިޖެހިފައިވާ 82 މީހުން މިހާތަނަށް ފެނިފައިވާކަމަށް އެޤައުމުގެ ސަރުކާރުން މިހާރުވަނީ ޔަގީން ކޮށްދީފައެވެ. މަދިރީގެ ޒަރީޔާއިން ފެތުރޭ ޒިކާ ވައިރަހުގެ ނުރައްކާ އެންމެބޮޑީ މާބަނޑު އަންހެނުންނަށެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު ދުވަސްވަރު އެބަލި ޖެހިއްޖެނަމަ ލިބޭކުދިންގެ ބޮޑެތި އައިބު ހުރުންން އެކަށީގެންވެއެވެ.

ސިންގަޕޫރުގެ ސަރުކާރުންވަނީ އެއްވެސް މާބަނޑު މީހެއްގެ ގައިން ޒިކާވައިރަހުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް އެބައްޔަށް ޓެސްޓްކުރުމަށް ގޮވާލާފައެވެ. ސިންގަޕޫރުގައި ޒިކާވައިރަސް ފެތުރޭތީ، އެމެރިކާ، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ޓައިވާނުން ވަނީ އެޤައުމުތަކުގެ މާބަނޑު އަންހެނުން ކޮންމެހެން ދާންޖެހިގެން ނޫނީ ސިންގަޕޫރަށް ނުދިއުމަށް ގޮވާލާފައެވެ.

ޒިކާ ވައިރަހުގެ އަލާމާތް ތަކުގެ ތެރޭގައި ހުންއައުމާއި، ގާގައި ފިއްތަކެއް ނެގުމާއި، ލޯ ރަތްވުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ. މަދިރީގެ އިތުރުން ޖިންސީ ގުޅުމުންވެސް ޒިކާ އަރާކަމަށް ބައެއް ދިރާސާތަކުން ދައްކާތީ، ބައިވެރިޔާއަށް ޒިކާ ޖެހިފައިވާނަމަވެސް އެބައްޔަށް ޓެސްޓްކުރުމަށް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ލަފާދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ