ޒޯން ގްރޫޕްގެ ފުރަތަމަ މޮޅު އިހަވަންދޫއަށް — Ihavandhoo.com

ޒޯން ގްރޫޕްގެ ފުރަތަމަ މޮޅު އިހަވަންދޫއަށް

2 އޮކްޓޫބަރު 2019 1

ގޯލްޑެން ފުޓްސެލް ޗެލެންޖް 2019ގެ ޒޯން ބުރުގައި މަކުނުދޫ ޓީމްގެ މައްޗަށް ފަހަތުން އަރައި އިހަވަންދޫ ޓީމް ކުރި ހޯދައިފިއެވެ.

 ހުޅުމާލޭގެ ރެހެންދި ފުޓްސެލް ދަނޑުގައި ރޭ ކުޅުނު ޒޯން ގްރޫޕްގެ ފުރަތަމަ މެޗް ފަސޭހަކަމާއެކު އިހަވަންދޫ ޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން މަކުނުދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

 މެޗްގެ ފުރަތަމަ ހާފް ކުރިއަށް ދިޔައީ ވާދަވެރިކަމާ އަވަސް ކުޅުމަކާއެކުއެވެ. ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ގޯލް މަކުނުދޫ ކާމިޔާބުކުރުމެވެ. މަކުނުދޫގެ ގޯލާއެކު އިހަވަންދޫ ޓީމް އިތުރަށް ކުރިއަށްޖެހި، މަކުނުދޫގެ ޑިފެންސަށް ޕްރެޝަރކުރަމުންދިޔުމުގެ ނަތީޖާއަކަށްވީ މެޗްގައި އިހަވަންދޫ ޓީމް ޖެހި ފުރަތަމަ ގޯލް އިބްރާހީމް ސުހެއިލް (އޯލޭ) ކާމިޔާބުކުރުމެވެ. ފުރަތަމަ ހާފް ނިމުނީ 1-1ގެ ނަތީޖާއަކާއި އެކުއެވެ.

 އަތޮޅު ބުރުގައިވެސް ކޮންމެ މެޗެއްގެ ދެވަނަ ހާފްގައި މޮޅު ކުޅުމެއް ދެއްކި އިހަވަންދޫ ޓީމް ރޭގެ މެޗްގައިވެސް ފެނުނީ ދެވަނަ ހާފްގައި ވަރަށް މޮޅު ކުޅުމެއް ދެއްކި މަންޒަރެވެ. ނަތީޖާއަކަށްވީ މެޗްގެ ފަހު މިނެޓްތަކުގައި އިބްރާހީމް ހާމިދު (ހާންދެ) ޖެހި 2 ލަނޑާއެކު ޒޯން ބުރުގައި އިތުރަށް ކުރިއަށް ދިއުމުގެ އުއްމީދު އިހަވަންދޫގެ ޒުވާން ޓީމް އައުކުރުމެވެ.

 ރޭގެ މެޗަށް އިހަވަންދޫ ޓީމް ނިކުތީ ބަދަލުތަކަކާއިވެސް އެކުއެވެ. އަތޮޅު ބުރުގެ ޓީމުގައި ހިމެނުނު 2 ކުޅުންތެރިން ސްކޮޑުން ބާކީކޮށް، ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް ސުހެއިލް (އޯލޭ)ގެ އިތުރުން ދެން ޓީމްގައި ހިމަނާފައިވަނީ ޒުވާން ކީޕަރ އަހްމަދު ޝަރުވާނެވެ. 

 ރޭ މި ގްރޫޕްގައި ނައިވާދޫއާއި ގޮއިދޫ ކުޅުނު މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، ޒޯން ބުރުގެ ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި އިހަވަންދޫ ޓީމް އޮތީ ފައިދާ 2 ގޯލާއިއެކު 3 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

 ޒޯން ބުރުގައި އިހަވަންދޫ ޓީމްގެ 2 ވަނަ މެޗް ކުޅޭނީ 7 އޮކްޓޯބަރ ގައި ގޮއިދޫއާއި ދެކޮޅަށެވެ. އެމެޗްވެސް ފަށާނީ ރޭގަނޑު 8:15 ގައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ އެމްޕީ ޝިފާއު

– 12 އޮކްޓޫބަރު 2019 0