އުމުރުން ދުވަސްވީ މީހުންނަށް އާޖީލުގެ އަސާއެއް

23 މާރިޗު 2013 0

ޖަޕާންގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ޤައުމުގެ އާބާދީގެ 20 އިންސައްތަ ހިއްޞާ ކުރާއިރު މި ނިސްބަތް ކުރިއަށްއޮތްތަނުގައި މިއަށްވުރެ އިތުރާނެ އެވެ. އިތުރުވަމުން އަންނަ މުސްކުޅިންގެ އާބާދީއަށް ހިނގާބިނގާ އުޅުމަށް ފަހިކޮށްދިނުމަށްޓަކައި އާޖީލުގެ އަސާއެއް (ހިނގާއިރު ހިފާގެން އުޅޭ ދަނޑިބުރި) ފުޖިޓިސޫ ކުންފުނިން އުފައްދާފި އެވެ.

އަސާގެ މަތީކޮޅުގައި އެލްއީޑީ ޑިސްޕްލޭއެއް ހަރުކޮށްފާވާއިރު، މިއިން އާރޫކާޓީކޮށްދީ ހިނގަންވީ މަގުދައްކައި ރާސްތާ ބަދަލުކޮށްލަންޖެހުމުން ވައިބްރޭޝަން އެލާޓެއް ފޮނުވާލައެވެ. ހިތުގެ ވިންދު ހުރިވަރާއި ހަށިގަނޑުގެ ހޫނުމިން ދެނެގަނެވޭނެ އިންތިޒާމްތައް ހިމެނޭއިރު މީހާ ހުރި ތަން ދެނެގަނެ މި ހުރިހާ މަޢުލޫމާތެއް ހޭހަންކުރާ މިހާއަށް ފޮނުވާދެ އެވެ. އާދަނޫން ނުވަތަ މީހާގެ ހާލަތާމެދު ޝައްކުކުރެވޭ އެއްވެސްކަމެއް އަސާއަށް ފާހަގަކުރެވޭނަމަ އީމެއިލް އެލާޓެއް ނުވަތަ އެމަޖެންސީ ސާވިސްއަށް ގުޅާލުމުގެ ނިޒާމްވެސްވަނީ ހިމަނާފަ އެވެ.

3ޖީ ކަނެކްޓިވީޓީ، ޖީޕީއެސް، ވައިފައި ކަނެކްޝަން ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި އުފެއްދުމަކީ ޖަޕާނުގެ އުމުރުން ދުވަސްވީ އާބާދީއަށް ޚާއްޞަކޮށްގެން އުފައްދާފައިވިއަސް ނުކުޅޭދޭ މީހުންނަށްވެސް މީ މުޙިއްމު އެއްޗެއްކަމަށް ފުޖިޓިސޫ ކުންފުނިން ބުނެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ