މަޖިލިސް އިންތިޚާބު 2019: އާދަމް މޫސާގެ ކެންޑިޑަސީ ޤަބޫލުކޮށްފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

60 ދުވަސް

މަޖިލިސް އިންތިޚާބު 2019: އާދަމް މޫސާގެ ކެންޑިޑަސީ ޤަބޫލުކޮށްފި

19 ފެބުރުއަރީ 2019 0

އާދަމް މޫސާ ކެމްޕެއިންގައި ބޭނުންކުރާ ޕޯސްޓަރެއް. އާދަމް މޫސާވަނީ ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެކަމުގެ ޔަޤީންކަންދީފަ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ އާދަމް މޫސާގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށްފިއެވެ.

ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޖުމުހުރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް ވާދަކުރާ އާދަމް މޫސާ މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ "ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލައި، ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހެދުމުގެ މަސައްކަތުގައި އިހަވަންދޫ ދާއިރާގައި ހިމެނޭ އިހަވަންދޫ، މޮޅަދޫ އަދި މާރަންދޫގެ ލޮބުވެތި ރައްޔިތުންގެ ހިއްސާ އަދާކުރުމަށް ޓަކައި އަޅުގަނޑަށް ވޯޓު ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް" ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ފެބްރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް ހަމަވާއިރު، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ 3 ފަރާތަކުންނެވެ. އެއީ ޕީޕީއެމްގެ ޓިކެޓްގައި އަހްމަދު ނަސީރު އާއި އެމްޑިޕީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޝިފާއުގެ އިތުރުން ޖޭޕީގެ ޓިކެޓްގައި ވާދަކުރާ އާދަމް މޫސާއެވެ. މިބޭފުޅުންގެ އިތުރުންވެސް ބައެއްފަރާތްތަކުންވަނީ މަޖިލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ