އަދުގެ ދަރިވަރުން — Ihavandhoo.com

އަދުގެ ދަރިވަރުން

26 ނޮވެމްބަރު 2013 0

މިއަދު މިއުޅޭ ދަރިވަރުންގެ ކިބައިގަ އަޚްލާޤެއް ނެތޭ

މިއަދު އެކަމާ ޤައުމު ރޯއިރު އަޑުއަހާ ކުއްޖެއް ނެތޭ

ކިޔެވުމަށް ފޮތްތައް ހިފައިގެން މަދަރުސާއަށް އައިސްދިޔަސް

ކިޔެވުމުގެ މަޤްޞަދު އެނގޭ މަދު ދަރިވަރަކު ނޫނީ ނެތޭ

ލައި އުޅޭހާ ހެދުމަކާ އަދި މީރު ކާނާ ހޯދަދޭ

މައިންބަފައިންނަށް ކޮށް ޤަދަރު ކިޔަމަންވެ ބޯލެނބުމެއް ނެތޭ

ކިޔަވަދެއްވާ ޓީޗަރުންނަށް ނުކުރެވޭތާ އިޙްތިރާމް

ކިޔަމަނެއް ވެސް ނުވެވެޔޭ ފާސްވާނެހޭ ވާކަށް ނެތޭ

ކޮންމެ ދުވަހަކު އެސެމްބްލީގައި ދެވުނަކަސް އެކިއެކި ދަރުސް

އެންމެ ފަހަރަކު ވެސް ނަސޭހަތުގައި ހިފާ ކުއްޖެއް ނެތޭ

ރީތި އަދަބާ އަދި ސުލޫކާ ރިވެތި ޚުލްޤުން ވެވި ޖަރީ

ރީތި ބަހުރުވައިން މުހާތަބު ކޮށް އުޅޭ ކުއްޖެއް ނެތޭ

ލަދުގަތުން އަދި ދެރަވުމާ ގޮތްދޫކުރުން ފަދަ ސިފަތަކުން

ނަފުސު ޒީނަތްތެރިކުރަން ޖެހުނެއް ކަމަކު ކުރުމެއް ނެތޭ

މަގު ހިނގާ އުޅުމާއި އަދި މިސްކިތު ތެރޭގެ އަދަބުތަކާ

ވަގުތަކީ އަގުހުރި މުތެއްކަން ދަންނަ ކުއްޖަކުވެސް ނެތޭ

ފޮތްދަބަސް އެއްލާލަޔޭ ހަމަ ވަދެވުމާ އެކު ގޭތެރަށް

ފޮތްތަކެއް އުފުލާ ހެދިޔަކަސް ފޮތް ކިޔާ ކުއްޖެއް ނެތޭ

ކޮންމެ ދުވަހަކު ދޭ ފިލާވަޅުތައް ކިޔާ ދަސްކޮށް ހަދާ

ކޮންމެ ޓާރމަކު ފާސްވުމަށް ހިތްވަރު ކުރާ ކުއްޖެއް ނެތޭ

“ކިޔެވި ކިޔެވީހެންވަނީ ހަމަ ކާފަރޭ” އެބުނާ ފަދައިން

ކިޔެވި ކިޔަވާ އެއްޗަކުން ކުރި އަދި ކުރާ އަސަރެއް ނެތޭ

ކޮންމެ އަހަރަކު ލައްކައިންނާ މިލިޔަނުން ކުރިޔަސް ޚަރަދު

އަންނަ ހެޔޮ ބަދަލެއް ނުވާއިރު ލިބުނު ކުރިއެރުމެއް ނެތޭ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ