އިމަގާއި ޕޮލިސް އަދި ސިއްހީ މަރުކަޒު ގުޅިގެން އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރާކާތްތަކެއް ހިންގައިފި — Ihavandhoo.com

އިމަގާއި ޕޮލިސް އަދި ސިއްހީ މަރުކަޒު ގުޅިގެން އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރާކާތްތަކެއް ހިންގައިފި

2 ޑިސެމްބަރު 2013 1

އިމަގާއި ޕޮލިސް އަދި ސިއްހީ މަރުކަޒު ގުޅިގެން ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރާކާތްތަކެއް ހިންގައިފިއެވެ. އެގޮތުން އިއްޔެ ހަވީރު އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ވަނީ ދެއަވަށުގެ ޒުވާން އަންހެނުންގެ މެދުގައި ވޮލީމެޗެއް ކުޅެފައެވެ. އެ ވޮލީމެޗް ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ހުޅަނގުމަތީ އަވަށު އަންހެން ޓީމެވެ.

ވޮލީމެޗް ހިނގަމުން ދިއައިރު އޯޕަން ސްޓޭޖުގައި ދުވަހާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި އެކު ސުވާލު މުބާރާތެއް ކުރިޔަށް ދިޔައެވެ. މިހަރަކާތްތައް ނިންމާލަމުން، ކުރިޔަށް އޮތް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަކުރުމަށްވެސް އިމަގާއި އިހަވަންދޫ ޕޮލިސް އަދި ސިއްހީ މަރުހަޒު ގުޅިގެން ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދާނެކަމަށް ވަނީ އިއުލާންކޮށްފައެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު, އިހަވަންދޫ ޕޮލިސް ސްޓޭޝަން, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެއިޑްސް ބައްޔާ ބެހޭގޮތުން ލިޔުމުގަ މައުލޫމާތު ހިމެނިނަމަ މިއަށްވުރެން ފުރިހަމަވާނެ މިލިޔުން

– 2 ޑިސެމްބަރު 2013 0