ހއ. ގައި އަޅާ އެއާޕޯޓު އެޅުމަށް އެންމެ ރަނގަޅީ ކޮން ރަށެއްތޯ އަލުން ބަލަން ޖެހޭ: މުހައްމާ — Ihavandhoo.com

ހއ. ގައި އަޅާ އެއާޕޯޓު އެޅުމަށް އެންމެ ރަނގަޅީ ކޮން ރަށެއްތޯ އަލުން ބަލަން ޖެހޭ: މުހައްމާ

21 ނޮވެމްބަރު 2018 0

ހއ. މާފިނޮޅުގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަކީ ހއ. ގައި އެއަޕޯޓެއް އަޅާނަމަ، އެކަން ކުރުމަށް އިގުތިސޯދީ ގޮތުން އެންމެ ރަނގަޅު ރަށް ތޯ އަލުން ބަލާ ވިސްނުމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޢަބުދުﷲ ގޮވާލައްވައިފިއެވެ.  

2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވީ މާފިނޮޅަކީ ހއ. ގައި އޮތް ވަރަށް ރީތި ރަށެއް ކަމަށާއި އެރަށަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ވަރަށް ރަނގަޅު ރަށެއްކަމަށް މުހައްމާ ވިދާޅުވެ، މުހައްމާ ވިދާޅުވީ އެއަތޮޅުގައި އެއާޕޯޓް އަޅަން ނިންމާފައިވަނީ އެންމެ ރަނގަޅު ތަނުގައި ތޯ ބެލުމަށް ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށެވެ. "އިގްތިސޯދީގޮތުން މާފިނޮޅުގަތޯ އެއާޕޯޓު އަޅަންވީ، ނޫނީ ހުވަހަންދޫގަ ތޯ، ނޫނީ މޮޅަދޫގަ އެޅީމަތޯ އެންމެ ރަނގަޅު ވެގެންދާނީ"  ބަލަން ޖެހޭ ކަމަށް މުހައްމާ ވިދާޅުވިއެވެ.

އެއާޕޯޓެއް އަޅާއިރު  މުޅި އަތޮޅުގެ ރައްޔިތުންނަށް ރަނގަޅު ވާނެ ގޮތަކަށް ނޫނީ އެއާޕޯޓެއް އެޅުން ރަނގަޅު ނޫންކަމަށް ވިދާޅުވެ، އެންމެ ރަށެއްގެ މަސްލަހަތައްޓަކައި އެއާޕޯޓު އެޅުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫންކަމަށް މުހައްމާ ވިދާޅުވިއެވެ.

އަދި ހއ. އަތޮޅުގައި އެއާޕޯޓް އެޅިގެންދާއިރު އެއާޕޯޓްގެ ނަން އިހަވަންދިޕޮޅުއެއާޕޯޓުގެ ނަމަށް ބަދަލުވެގެން ދިއުމަކީވެސް މުހިންމުކަމެއް ކަމަށް މުހައްމާ ވިދާޅުވި އެވެ.

މޮޅަދޫއަކީ އެއާޕޯޓެއް އަޅަން ބޭނުންވާ ވަރަށް ބިން ބޮޑު ތަނަވަސް ރަށެއް ކަމަށާއި އެހެންވުމުން އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ރަށެއްކަމަށް މޮޅަދޫ ދެކިލައްވާ ކަމަށް މުހައްމާ ވިދާޅުވިއެވެ. 2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން މުހައްމާ ވަނީ އެބޭފުޅާ ތަމްސީލު ކުރައްވާ މޮޅަދޫ، މާރަންދޫ އަދި އިހަވަންދޫ އަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ފެންނަ ކަންތައްތަކެއް ވިދާޅުވެދެއްވާފައެވެ.  

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ