އަލީ ރައްޒާނުގެ އިތުރު އޮޕަޜޭޝަނެއް ކުރަނީ

6 އޮގަސްޓު 2017 0

ފުލުހުންގެ ޑިއުޓީ އަދާކުރަމުންދަނިކޮށް ހަމަލާދީ ޒަޚަމްކޮށްލި ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާން ( 19އ) ގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންދަކަމަށް ފުލުހުން ބުނެފިއެވެ.

ހަމަލާއަށްފަހު ކުރި އޮޕަރޭޝަނަށްފަހު، ކުރިން ލަފާކުރެވިފައިނެތް ގެއްލުންތަކެއް ފުއްޕާމެޔަށް ލިބިފައިވާކަމަށް އައިޖީއެމްއެޗް ޑޮކްޓަރުންނަށް ބެލެވޭތީ، ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި މިހާރު ދަނީ މިއޮޕަރޭޝަން ކުރަމުންނެވެ.

އަލީ ރައްޒާން  ޒަހަމުވެފައި ވަނީ މާލެއިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން، އެކަން ހުއްޓުވުމަށް މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް  އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިދިޔަ  ހޮނިހިރުދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގެތެރެއިންނެވެ.

ޕޮލިސް ކޮންސްޓަބަލް ޢަލީ ރަޒާންއަށް ޙަމަލާދީފައިވަނީ ހ. ކުއްޅަވައްމާގޭ ޢުމުރުން 31 އަހަރުގެ އަޒްހަރު އިބްރާހީމްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ކޮންސްޓަބަލް ޢަލީ ރައްޒާން އަށް ޙަމަލާދީފައިވަނީ ވާތްފަރާތު ކޮނޑާ ދިމާލަށް ކުރިމަތިންކަމަށް ފުލުހުން ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ