ﷲ ގެ މާނަ / ދަލާއިލުއްތައުޙީދި - 14 — Ihavandhoo.com

ﷲ ގެ މާނަ / ދަލާއިލުއްތައުޙީދި - 14

9- ﷲ ގެ މާނައަކީ ކޮބާ؟

ޖަވާބު: ﷲ ގެ މާނައަކީ އިލާހުވަންތަކެވެ. އެއީ ޢަރަބިބަހުގެ “އަލިހަ” “ޔަހްލައު” އިން ނެގިފައިވާ ކަލިމައެކެވެ. މާނައަކީ ހުރިހާ އެންމެންވެސް އެފަރާތަކަށް ބޭނުންވެގެންވާ ފަރާތް، އަދި ހުރިހާ ޚަލްޤުތަކުންގެ ހުރިހާ އަޅުކަމެއްވެސް ޚާއްޞަކުރެވޭ ފަރާތެވެ.

 20- ﷲ ސުބްޙާނަހޫ ވަތަޢާލާ، ތިބާ ހައްދަވާފައިވަނީ ކީއްކުރަން؟

ޖަވާބު: ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ.

 21- ﷲ އަށް ކުރެވޭ އަޅުކަމަކީ ކޮބާ؟

ޖަވާބު: އެއީ އެއިލާހު އެއްކައުވަންތަކުރުމާއި އެއިލާހަށް ކިޔަމަންގަތުމެވެ.

 22- އެކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ. “وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ” الذاريات: ٥٦  މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ