އަލްޔާން އަށް އެހީހޯދުމަށް އިމަގުން ފަނޑު ފޮށިތަކެއް ބަހައްޓައިފި

26 ފެބުރުއަރީ 2017 0

ބޮލުގެ ނުރައްކައުތެރި އޮޕަރޭޝަނަކާއި އެކު، "އެޕާޓްސް ސިންޑުރޮމް" ގެ ސަބަބުން ގިނަ އޮޕަރޭޝަން ތަކެއް ކުރަން ޖެހިފައިވާ ހއ. އިހަވަންދޫ ޖަވާހިރުވާދީ އަލްޔާން ޒައުލް ހަމްދޫން (4 މ) އަށް އެހީ ހޯދުމަށް ޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުމުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އިހަވަންދޫގެ 4 ސަރަހައްދެއްގައި ފަނޑުފޮށި ބަހައްޓައިފިއެވެ.

މިރޭ 8:30 ގައި ހއ. އިހަވަންދޫ ދަނބުކުރި ފިހާރަ ކުރިމަތީގައި އޮތް ހަފުލާ ތަޢާރަފު ކޮށްދެއްވަމުން އަލްފާޟިލް ފަތުޙުﷲ ޢަހުމަދު ހާމަކުރެއްވި ގޮތުގައި މިއީ ތުއްތުތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަރުވާތަކެއް ފޯރުކޮށްދިނުމަށްޓަކައި އެކުއްޖާގެ އާއިލާއިން އުފުލަމުންދާ ވޭންތަކާއި ކުރަމުންދާ އިހުސާސްތަކުގެ އަޑު އަހައި އިމަގު ޖަމިއްޔާގެ ފަރާތުން އެކަމަށް މަދަދު ވެރިވުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެއްގެ ފެށުން ކަމަށެވެ.

"މަދަދު" ގެ ނަމުގައި އިމަގު ޖަމިއްޔާއިން ތަޢާރަފު ކުރި މިހަރަކާތް ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެމް.އެން.ޑީ.އެފް ވޮރަންޓު އޮފިސަރ ގުރޭޑް 2 އަލްފާޟިލް މުޙައްމަދު ޔާމިން އެވެ.

އަލްޔާން އަށް އެހީހޯދުމުގެ ގޮތުން އިމަގު ޖަމިއްޔާގެ ފަރާތުން ފަންޑު ފޮށި ބަހައްޓާފައި ވަނީ ދަނބުކުރި ފިހާރަ، ހަމަރޯޅި ކުރި ފިހާރަ ، ޓޫފޯޓޫ ފިހާރަ އަދި ރުއްގަނޑު ހޮޓަލުގައެވެ. އިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ މިޕުރޮގުރާމުގެ ދަށުން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.  

އިމަގު މަދަދު ޕްރޮގްރާމް, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ