އިހަވަންދޫގައި އަމާން ވެއްޓެއް ޤާއިމުކުރުމަށް ޙާއްސަ އޮޕަރޭޝަންތަކެއް ފަށައިފި — Ihavandhoo.com

އިހަވަންދޫގައި އަމާން ވެއްޓެއް ޤާއިމުކުރުމަށް ޙާއްސަ އޮޕަރޭޝަންތަކެއް ފަށައިފި


2012 ވަނަ އަހަރު އިހަވަންދޫގައި ހިނގި އެކްސިޑެންޓެއްގައި ފުލުހަކު ޙަރަކާތްތެރިވަނީ. ފޮޓޯ: އިހަވަންދޫ.ކޮމް ފައިލް

ހއ. އިހަވަންދޫއަކީ ހުރިހައި ގޮތަކުންވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޙާއްސަ އޮޕަރޭޝަންތަކެއް، 3 ޖޫން ވީ އަންގާރަ ދުވަހު ފަށައިފިއެވެ.

މިއޮޕަރޭޝަންތައް މިއަހަރުގެ ނިޔަލަށް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަދި ގޭންގް ކުށްތަކަށް ޙާއްސަ ސަމާލުކަމެއް ދޭނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން މިއޮޕަރޭޝަންތަކުގައި އާންމު އިޖްތިމާޢީ މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް އިހަވަންދޫ ކައުންސިލާއި ސަރުކާރު މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފުރަތަމަ އިހަވަންދޫ ޕޮލިހުން ހޭލުންތެރިކުރުވަންވީ،،، ރަތްއިތުންނާ ގުޅިގެން މަސައްކަތްކުރަން ދަސްކުރަންވީ،

– 6 ޖޫން 2014 0

ކަމެއްކުރާހެންވެސް ހީނުވެ އެކަމަކު.....

– 6 ޖޫން 2014 0

1.ނުރޯ ލޮލަކީ، ނުފެންނަ ލޮލެކެވެ. 2. އެންމެ މޮޅު ސިޔާސަތަކީ، ތެދުބުނުމެވެ. 3. ގެއްލިދާނެ އެއްޗެއް ނެތް މީހަކަށް ގޮން ނުޖަހާށެވެ! 4. ބަޠަލުންގެ އައިބުތައް ހޯދައިގެން އުފާލިބިގަންނަނީ، ނިކަމެތި ނަފުސުތަކުގެ އަހުލުންނެވެ. 5. ބަސް ގިނަ ކަމަކީ، ޢަމަލު މަދުކަމުގެ ދަލީލެކެވެ. 6. ފާރުތަކުގައި ކަންފަތްތައް ވެ އެވެ. 7. ތިބާގެ ފަތިފުށް ސާފުކަމަކީ، ތިބާގެ މޮޅު ސިފައެކެވެ. 8. ކިޔާ އެއްޗެހީގެ ވާހަކަ ނުދައްކައި، ފަހުމުވީ އެއްޗެއްގެ ވާހަކަ ދައްކާށެވެ! 9. ކަންދީ އަޑުއެހުމަކީ ރަނަށްވުރެ އަގުހުރި އެއްޗެކެވެ. 10. ފަޟީޙަތަކީ، ޢުމުރަށްވުރެ ދިގު އެއްޗެކެވެ. 11. ނުބެހޭ ކަންތަކާ ނުބެހި ދޫކޮށްލުމުން، ބެހޭ ކަންތަކާ އަޅާލުމަށް ވަގުތުވާނެ އެވެ. 12. އަމިއްލަ ނަފުސަށް އިތުބާރުކުރާ މީހުން، ވާހަކަ ދައްކަން މަޖުބޫރުކުރެވޭނީ މަދު ފަހަރަކު އެވެ. 13. ކޮންމެ ފިޔަވަޅަކަށްމެ ނަތީޖާއެއް ވެ އެވެ. ފިޔަވަޅު އަޅަން ފައި ޙަރަކާތްކުރުމުގެ ކުރިން، ވިސްނާ ފިކުރުކުރުމަށް ބުއްދީގެ ކަސްރަތުކުރާށެވެ! 14. ޙިކުމަތްތެރިން ބުނެފައިވެ އެވެ. އެންމެ ނުބައި މީހަކީ، އޭނާ އެކަކަށް ވެސް އިތުބާރު ނުކުރާ ޙާލު، އޭނާގެ ނުބައި ނުލަފާކަމަށްޓަކައި، އެހެން މީހަކު އޭނާއަށް އިތުބާރުކުރާ މީހާ އެވެ. 15. ބުއްދީގެ ބޭނުން ނުކުރާ މީހާ، ބެލެންސް ގެއްލިދެ އެވެ. ތިމާގެ އަމިއްލަ ވިސްނުން މާމޮޅުކަމަށް ހީކޮށްފި މީހާ، ތެދުމަގުން އެއްކިބާވެދެ އެވެ. ޙައްޤާ ދެކޮޅަށް ނުކުމެއްޖެ މީހާ، ނިކަމެތިވެދެ އެވެ. ސަމާސާކުރުން ގިނަކޮށްފި މީހާ، ފޫހިވެދެ އެވެ. ކިބުރުވެރިކަމުން އެއްކިބާވެގެންފި މީހާ، ޤަދަރު އުފުލިދެ އެވެ. 16. ގިނައިން އަނގަތެޅުމަކީ، މަގު ބަންދުވެ، ހަކަތަ އިސްރާފުވާ ކަމެކެވެ. 17. ދުޝްމިނަކު ބަލިކޮށްލުމަކީ އޭނާ މަރާލުމެއް ނޫނެވެ. އެކަމަކު އޭނާގެ ފިކުރު ބާޠިލުކޮށްލުމެވެ. 18. ހަނުހުރުމަކީ، ގިނަ ބަޔަކު އެކަން ކުރަން ނުދަންނަ އީޖާދީ މޮޅު ޖަވާބެކެވެ. 19. ތިބާގެ އެހީއަކާ ނުލައި، ތިބާއަށް އިހާނެތިކޮށް ހިތުމަކީ، އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. 20. ރުޅިއައިސްފައިވާ ޙާލުގައި ދައްކާ ވާހަކައަކީ، މުޅި ޢުމުރުގައި ހިތާމަކުރަންޖެހޭނެ ބޮޑު ވާހަކަ އެވެ. 21. ޒާލިމުން ކުރާ ކުދި އަނިޔާގެ ވާހަކަ ނުދައްކާށެވެ! އޭގެ ބަދަލުގައި ބޮޑެތި އަނިޔާތައް ކުރަން އެމީހުން ދޫކޮށްލާށެވެ! އެމީހުން ބަލިކޮށްލެވޭނީ އެމީހުން ކުރާ ބޮޑެތި އަނިޔާތަކުންނެވެ.

– 7 ޖޫން 2014 0

ހަހާ އިހަވަންދޫ ޕޮލިހުން ކުއް މަދުކުރަން ފުޓްބޯޅަ މުބާރާތެއް ބާއްވަނީީ ހަހަ ... މަ ބުނަން ކުއް މަދުވާނެ، ގަދަ އަށް ދަންވަރު ޑިއުޓީގަ ތާސްކުޅުނު ވަރަކަށް.....

– 9 ޖޫން 2014 0

ކުށަކު މަދެއް ނުހުނާނެ..! ދެން ކިހިނެއް ކުއް މަދު ކުރާނީ.......

– 5 އޮގަސްޓު 2014 0