ލައިސަންސް ދޫކުރުމަށް އަމަލީގޮތުން ޓެސްޓްދިނުމަށް އެގްޒާމިނަރެއް ހޯދަނީ

16 އޭޕުރީލު 2017 0

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ލައިސަންސް ދޫކުރުމަށް އަމަލީގޮތުން ޓެސްޓްދިނުމަށް އެގްޒާމިނަރެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. ކައުންސިލުން އެކަމަށްއެދި ކޮށްފައިވާ އިއުލާނުގައިވަނީ މިއީ ޕާޓް ޓައިމް ވަޒީފާއެއް ކަމަށާއި، ވަޒީފާއަށް ހޮވޭ ފަރާތާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދެއްގެ އެގްޒާމަށް 25 ރުފިޔާ ދޭންހަމަޖެހިފައިވާއިރު ދެ ފުރޮޅުލީ އުޅަނދެއްގެ އެގްޒާމަށް 15 ރުފިޔާ  ދިނުމަށް ހަމަޖެހިފައިވެއެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން މިހިނގާ އޭޕްރީލް މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ސިޓީއެއްގެ ޒަރީއާއިން އެކަން އެކައުންސިލަށް އަންގަންޖެހެއެވެ.

2014 ވަނަ އަހަރުންފެށިގެން އިހަވަންދޫ ކައުންސިލުން އަންނަނީ A1.A.B1.C1.C2 ކެޓަގަރީގެ ލައިސަންސް ދިނުމުގެ ހިދުމަތް ދެމުންނެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ