އަނގޮޓި ނަގަން އުޅެނިކޮށް ފާހާނަ ތަށީގެ ތެރޭގައި އަތް ތާށިވެއްޖެ! — Ihavandhoo.com

އަނގޮޓި ނަގަން އުޅެނިކޮށް ފާހާނަ ތަށީގެ ތެރޭގައި އަތް ތާށިވެއްޖެ!

20 އޮކްޓޫބަރު 2013 1

ފާހާނާ ތައްޓަށް ވެއްޓުނު ކައިވެނީގެ އަނގޮޓި ނަގަން އުޅެނިކޮށް މީހެއްގެ އަތް ތާށިވެއްޖެ އެވެ. ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި މީހެއްގެ ކައިވެނީގެ އަނގޮޓި ފާހާނާއަށް ވެއްޓި ހޮޅިން ދާންފެށުމުން އެއަނގޮޓި ނެގުމުގެ ތެރޭގައި އޭނާގެ އަތް ތާށިވެފައިވަނީ ފާހާނާ ތަށީގެ ހޮޅީގަ އެވެ. ޒޭންނަމަކަށް ކިޔާ މި މީހާގެ އަތް މި ހޮޅީގައި ތާށިވުމުން އެކަނި އެކަމުން ސަލާމަތް ނުވެވިގެން އެހެން މީހުންގެ އެހީއަށްއެދި ވަނީ ގޮވާފައެވެ.

އެހީއަށް އެދި ގޮވާއަޑަށް އެސަރަހައްދުގައި ތިބި މީހުން އައިސް ސައިބޯނި ފެން ބޭނުންކޮށްގެން ޒޭންގެ އަތް ނެރެވޭތޯ ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް މިގޮތަށް މަސައްކަތްކޮށްގެން އޭނާގެ އަތް ސަލާމަތްކުރެވޭގޮތް ނުވުމުން ދެން އޭނާގެ ރަހުމަތްތެރިން ފަޔަރ ފައިޓަރުންގެ އެހީ ވަނީ ހޯދާފައެވެ. ފަޔަރފައިޓަރުން ފާހާނާއަށް އައިސް މުށިގަނޑު ކަނޑާލާ ހޮޅި ވަކިކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ވެއްޓުނު ކައިވެނީގެ އަނގޮޓި ސަލާމަތްކުރެވުނުކަން ނުވަތަ ނޫންކަން ވަނީ ސާފުވާގޮތް ނުވެފައެވެ.

މީގެކުރިން ޗައިނާގައި 3 އަހަރުގެ ފިރިހެން ކުއްޖެއްގެ ފައިވެސް ވަނީ މިގޮތަށް ތާށިވެފައެވެ. އެހެން ނަމަވެސް އެފަހަރުވެސް އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ވެފައެއް ނުވެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިމީހާ މިއުޅެނީ މޮޔަވެގެންބާ!

– 20 އޮކްޓޫބަރު 2013 0