އަންހެން ދަރިފުޅުގެ ޢުމުރުން 8 އަހަރުން ފެށިގެން ޖިންސީގޯނާކުރި ބައްޕަ 20 އަހަރަށް ޖަލަށް

23 އޭޕުރީލު 2015 0

ހއ. އުލިގަން، ރިހިމާގެ، މުޙައްމަދު އާދަމް -- ފޮޓޯ: ޕޮލިސް

އަންހެން ދަރިފުޅުގެ ޢުމުރުން 8 އަހަރުން ފެށިގެން ޖިންސީގޯނާކުރި ބައްޕައަކު 20 އަހަރަށް ޖަލަށްލުމަށް ހއ. އުލިގަން މެޖިސްޓްރޭޓް ކޯޓަކުން މިއަދު ޙުކުމްކޮށްފިއެވެ.

މި މައްސަލަ ސާބިތުވުމާ ގުޅިގެން ޙުކުމްކޮށްފައިވަނީ ހއ. އުލިގަން، ރިހިމާގެ، މުޙައްމަދު އާދަމް (44އ) ގެ މައްޗަށެވެ.

ދަޢުލަތުން އޭނާގެ މައްޗަށް، އުފުލީ ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އެވެ. އޭނާގެ މައްޗަށް އެދައުވާ އުފުލާފައިވަނީ،  2014 ޑިސެމްބަރ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު، އޭނާގެ އަމިއްލަ ދަރުފުޅުގެ ޢުމުރުން 8 އަހަރުން ފެށިގެން ޖިންސީގޯނާ ކުރަމުންގޮސްފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، މުޙައްމަދު އާދަމްގެ އުފަން ދަރިއަކާއެކު ޖިންސީ ޢަމަލު ހިންގާފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިތަކުން، އެކަށީގެންވާ މިންވަރެއްގެ ޝަރީޢަތަށް ސާބިތުވާތީ، މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި މުޙައްމަދު އާދަމް 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ