ކެލާ ޕޮލިސް ސްޓޭޝަނާއި ކެލާ ޔޫތު ފޯރަމް ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި — Ihavandhoo.com

ކެލާ ޕޮލިސް ސްޓޭޝަނާއި ކެލާ ޔޫތު ފޯރަމް ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

3 ސެޕްޓެމްބަރު 2014 0

ކެލާ ޔޫތު ފޯރަމްގެ ހޯލުގައި ރޭ ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ ތެރެއިން...

ހއ.ކެލާ ޕޮލިސް ސްޓޭޝަނާއި ކެލާ ޔޫތު ފޯރަމް ގުޅިގެން ޒުވާނުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ރޭ 21:15 ން 23:00 އަށް ކެލާ ޔޫތު ފޯރަމްގެ ހޯލުގައި ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުގައި އަނިޔާ އަނިޔާއާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާފަރާތްތަކާއި މެދު ޙާއްސަ އުސޫލަކުން އަމަލުކުރުމުގެ ޤާނޫނުގެ އިތުރުން ގެވެށި އަނިޔާގެ ޤާނޫނާ ބެހޭގޮތުންވެސް ރޭގެ ބައްދަލުވުމުގައިވަނީ މަޢުލޫމާތު ދީފައެވެ.

ރޭ ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ޒުވާނުން ހޭލުންތެރިކުރުމުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައި ވާ " މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި، ހއ.ކެލާ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ