އަންނަ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް — Ihavandhoo.com

އަންނަ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް

16 ސެޕްޓެމްބަރު 2018 0

މިހިނގާ ސެޕްޓެންބަރު މަހުގެ 18 ވާ އަންގާރަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

 

ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިޔަންކަން ހޯދާފައިވާތީ، ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމަށް ސެޕްޓެންބަރު 18 ވާ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާ ކަމަށެވެ.

ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗުގައި އިއްޔެ އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ދިވެހިރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2 ލަނޑު 1 ލަނަޑުގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރުދެއްވައިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ